ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ސަން
ހަބަރު
06 Oct 2022 | 12:57
ވީއައިއޭ އާއި ގުޅިގެން ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅަށް އަބްދުއްރަހީމް ފާޑުވިދާޅުވެއްޖެ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މީގެ 12 އަހަރު ކުރިން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ފާޑުވިދާޅުވެއްޖެއެވެ. 

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޓޫރިޒަމް އެވޯޑް ހަފުލާގައި ވާހަކަ ދައްކަވަމުން، މީގެ 12 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ މިހާރު އެ އަންނަނީ ލޯމައްޗަށް ފާޅުވަމުން ކަމަށް ވަނީ ވިދާޅުވެފައެވެ. 

އެކަމާ ނުރުހުން ފާޅުކުރައްވައި އަބްދުއްރަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދޮގާއި މަކަރާ އޮޅުވާލުމުގައި ރައީސް ޞާލިހު ފަދަ ހުޝިޔާރު ވެރިޔަކު ދުނިޔޭގެ އެއްވެސްތަނަކުން، އަތްފުނާ އެޅިޔަސް ނުފެންނާނެ ކަމަށެވެ. 

"ވީއައިއޭގެ ތަރައްގީ ފެށީ ތިމަންނާ ވިހޭ ދުވަހުއޭ ނުބުނީ ކީއްވެބާ؟އޭރުންވެސް މަވެތިކަމުގެ އަހުލުވެރިން ހަގީގަތް އެނގިތިބެވެސް ހަމަ ހީހީފާ އަތްޖަހާނެތާ!" ރައީސް ޞާލިހަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ. 

ވީއަައިއޭ ތަރައްގީކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުންނެވެ. ޖުމްލަ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުކުރާ ގޮތަށް 2016ގައި ފެށި އެ ބިޔަ މަޝްރޫއަކީ ޔާމީންގެ އިގުތިސޯދީ ތަސައްވުރުގެ ތެރެއިން ފެށި މުހިންމު މަސައްކަތެކެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ހިންގަން ފެށި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އާ ރަންވޭ އަކާއި އާ ފިއުލް ފާމެއް އަދި އާ ކާގޯ ކޮމްޕްލެކްސެއް ހަދަން ނިންމެވިއެވެ. އަދި 2017 ވަނަ އަހަރުގައި އައު ރަންވޭގެ އަމަލީ މަސައްކަތް ފެށިއިރު އެ މަސައްކަތް ފެށިތާ ދޮޅު އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން 19 ސެޕްޓެމްބަރު 2018ގައި އާ ރަންވޭގައި ފުރަތަމަ ބޯޓު ޖެއްސި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.