ރައީސް ޞާލިހާއި މެންބަރު އަހުމަދު ޝިޔާމް
ހަބަރު
07 Oct 2022 | 15:39
ޝިޔާމް ރައީސް ޞާލިހަށް: ހެޔޮ ނުވާނެ އައު ކަމެއް ކޮށްބަލަ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިސަރުކާރުން ކުރަމުންދަނީ ކުރީ ސަރުކާރު ތަކުން ކޮށްފައިވާ ކަންކަން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. 

އެސްޓީއޯއިން ރޭޑިއޯގްރެފީ އަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ޑިޕްލޮމާ އިން ރޭޑިއޯގްރެފީ ކޯސް އިފްތިތާހު ކުރި ކަމަށް ލިޔެފައިވާ ޚަބަރަކާއި ގުޅިގެން، ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި 2014 ވަނަ އަހަރު އެސް.ޓީ.އޯ އިން އޮންލައިން ފާމަސީ ކޯސްތައް ފަށާފައިވާ ކަމަށެވެ. 

އަދި 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ރޭޑިއޯ ގްރަފީ ޓްރެއިނިންގ ސެންޓަރ މަސައްކަތް އިއުލާންކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެތަނުގެ މަސައްކަތް ނިންމައި 2018 ވަނަ އަހަރު ގެ މެއި މަހު ރޭޑިޔޮގްރަފީ ކޯސްތައް ހިންގަން މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއެކީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަންވެސް ޝިޔާމް ފާހަގަކުރެއްވިއެވެ. 

"ހެޔޮނުވާނެ، ރައީސް ޞާލިހު އައު ކަމެއް ކޮށްބަލަ!" ރައީސް ޞާލިހު ގެ ސަރުކާރަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވިއެވެ. 

މީގެ ކުރިންވެސް ޝިޔާމް ވަނީ މިސަރުކާރުން ރަސްމީކޮށް ހުޅުވަމުންދާ މަޝްރޫ ތަކަކީ ރައީސް ޔާމީން ގެ ސަރުކާރުގައި މަސައްކަތް ފަށައި އެއްކޮށް ނުވަތަ ބޮޑު ބައި ނިންމާފައިވާ މަޝްރޫއުތައް ކަން ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ރައީސް ޔާމީން ގެ ސަރުކާރުގައި ތަރައްގީ ކުރި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގެ އައު ރަންވޭ މި ސަރުކާރުން ރަސްމީކޮށް ހުޅުވިމާއި ގުޅިގެންވެސް ޝިޔާމް ވަނީ މިސަރުކާރުން ރިބަން ކަނޑާލަން ފުރުސަތު ލިބިގެންދަނީވެސް ރައީސް ޔާމީންގެ މަސައްކަތުން ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން މިގައުމުގައި 2013 އިން 2018 އަށް ވެރިކަން ކުރެއްވި ކަމީ ރައީސް ޞާލިހާއި މިސަރުކާރަށް ލިބުނު ބޮޑު ނަސީބެއްކަމަށެމްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.