ރައީސްގެ ދެކަނބަލުން ބަހްރޭންގެ ޤައުމީ ދާރުލްއާޘާރަށާއި، ޤުރްއާން ފެސިލިޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 Oct 2022 | 08:26
ރައީސްގެ ދެކަނބަލުން ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރަށާއި، ޤުރްއާން ފެސިލިޓީއަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރާއި، ބަޙްރައިންގެ ބައިތް-އަލް ޤުރްއާން ފެސިލިޓީއަށް ޒިޔާރަތްކުރައްވައި އެދެތަން ބައްލަވާލައްވައިފިއެވެ.

ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރު ރަސްމީކޮށް ހުޅުވައިދެއްވީ 15 ޑިސެމްބަރ 1988 ގައި، އަމީރު ޙުސްނުޢީ ބިން ސަލްމާން އަލްޚަލީފާއެވެ. މި ދާރުލްއާޘާރު ހަދާފައި ހުންނަނީ ދެ ޢިމާރާތް ގުޅުވައިގެންނެވެ. އަދި މިތަނުގައި ދާއިމީ އެގްޒިބިޝަން އޭރިއާއާއި، ވަގުތީ އެގްޒިބިޝަން ހޯލްތަކާއި، އާރޓް ގެލަރީއަކާއި، ލެކްޗަރ ހޯލެއް ހިމެނެއެވެ. މި ދާރުލްއާޘާރުގައި ބަޙްރައިންގެ ތާރީޚުގެ 6000 އަހަރު ވީ ތަކެތި ރައްކާކޮށްފައިވެއެވެ.

ބައިތް-އަލް ޤުރުއާން ފެސިލިޓީއަކީ 1990 ވަނަ އަހަރު އުފެއްދި މަލްޓި ޕާޕަސް ޢިމާރާތެކެވެ. މި ތަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އިސްލާމީ ދާރުލްއާޘާރަކަށް ވުމުގެ ސަބަބުންނެވެ. އަދި މިތަނަކީ ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ ދާރުލްއާޘާރުތަކުގެ ތެރޭގައި ހިމެނޭ އެއްތަނެވެ. އަދި މިތަން ޢިމާރާތްކުރެއްވީ ޤުރުއާނާއި އެނޫންވެސް ވަރަށް މަދުން ނޫނީ ނުފެންނަ އިސްލާމީ މުޞްޙަފްތަކުގެ ވަށާޖެހޭ އަދި އަގުހުރި ކަލެކްޝަނެއް ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައެވެ.

މި އިންސްޓިޓިއުޝަންގެ ދާރުލްއާޘާރުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާރީޚީ ޤުރްއާނުގެ ފަތްފުއްތައް ފެންނަން ހުރެއެވެ. އޭގެ ތެރޭގައި އިރުމައްޗާއި، ޗައިނާއާއި، ހުޅަނގުގައި އޮތް ސްޕެއިންގެ ފަތްފުއްތައް ހިމެނެއެވެ. އެއީ ފުރަތަމަ ހިޖުރައިން 622-722 ވަނަ އަހަރު އަދި އިސްލާމީ ރަންޒަމާނުން ފެށިގެން މިއަދާ ހަމައަށް ކެލިގްރަފިކް އާދަކާދަތައް ކުރިއަރަމުން އައި ގޮތް ދައްކުވައިދޭ ބިނާތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ބަޙްރައިންއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.