މާލޭ ސިޓީ ކައުންސިލުން ހުޅުވި ގަސްވިއްކާ މޭޔަރު ބައްލަވާ ލަނީ: ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
09 Oct 2022 | 06:34
މާލެ ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވައިފި

މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަހާއި ގަސް ކާނާ ވިއްކާ ފިހާރައެއް ހުޅުވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މިއީ އެކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރެވުނު އައުޓްލެޓް އެއް ކަމަށެވެ. 

"މާލެ ފެހި" ނަމުގައި ހުޅުވުނު މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި އައުޓްލެޓުން އާންމުފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

"މާލެ ފެހި" ހުޅުވައިދެއްވުމަށްފަހު މޭޔަރ މުޢިއްޒު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް އިތުރުވެގެން ދިޔަ ބޮޅެއްކަމަށެވެ.

”މިއީ މާލެ ސިޓީ ކައުންސިލުން މިހާރު މިކުރިއަށްގެންދާ "އެއްލައްކަ" ގަސް ޕްރޮގްރާމްގެ ތެރެއަށް އިތުރުވި ބޮޅެއް“ ޑރ. މުއިއްޒު ވިދާޅުވި އެވެ. 

މީގެ އިތުރުން މޭޔަރު ވިދާޅުވީ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުއެއް ކަމަށާއި،އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތުލިބިގެން ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

"މާލެ ފެހި" އައުޓްލެޓް ހުޅުވާލެވުނުއިރު 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެންއެބަހުއްޓެވެ. އަދި މިއާއިއެކު މާލެ ސިޓީގެ "އެއްލައްކަ ގަސް" ޕްރޮގްރާމް ވެސް އިތުރަށް ފުޅާވެގެން ދާނެކަމުގައި މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީގެ މައިޒާން ތަކާއި ޕާކުތައް ފެހި ކުރުމުގެ ގޮތުން ގަސް އިންދުމާއި ވިނަ އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށާއި، މި ޕްރޮގްރާމަށް އަތޮޅު ކައުންސިލް ތަކުގެ އެހީތެރިކަންވެސް ލިބިގެންދާކަމަށެވެ.

މޭޔަރު ވިދާޅުވީ މިހާރުވެސް އެކި ފަރާތްތަކުން ގަސްތައް ގަތުމަށް އެދެމުންދާކަމަށާއި، މިކަމުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށްވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވެގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމަކީ މާލެ ސިޓީ ޒީނަތްތެރިކޮށް ފެހިކުރުމުގެ ގޮތުން ކުރިއަށްދާ މަޝްރޫޢުއެއް ކަމުން މިކަމަކީ މާލެ ސިޓީގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންވެސް ބަލައިގަންނާނެ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ގަސް އިންދާ ފެހިކުރާ ބައެއް ކަމަށާއި، ގަސް ކަނޑާ، ގަސްތަކާއި ދުރުބައެއްނޫން ކަމަށާއި، އިރާދަކުރެއްވިއްޔާ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. 

”އަޅުގަނޑު މެންނަކީ ގަސް އިންދާ ފެހިކުރާ ބައެއް. އަޅުގަނޑުމެންނަކީ ގަސް ކަނޑާ، ގަސްތަކާއި ދުރުބައެއްނޫން. އިރާދަކުރެއްވިއްޔާ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނަން“ ޑރ މުއިއްޒު ވިދާޅުވި އެވެ. 

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އިސްކޮށް ޙަރަކާތްތެރިވާ ކައުންސިލަރ ނާޞިރު އަށާއި ގަސް ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިތުރުން މި މަސައްކަތުގައި އުޅޭ ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް މޭޔަރު ވަނީ ޝުކުރު ދަންނަވާފައެވެ.

މާލޭ ސިޓީ ކައުންސިލުގެ ގަސް ކޮމެޓީން ގެންނަ ގަސްތަކުގެ މަސައްކަތްތަކަށް ހަމައެކަނި ޚަރަދު ކުރުމުގެ ބަދަލުގައި އެގަސްތަކަށް ކުރާ ޚަރަދާ އެއްވަރުގެ އާމްދަނީއެއް ލިބޭނޭ އިންތިޒާމެއް ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފެންނާތީ އާއި ގެނެވޭ ގަސް ވިއްކައިގެން، ކައުންސިލަށް އާމްދަނީ ހޯދޭނޭ ގޮތް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްފަހު، މިކަން ކުރަންވީ ގޮތުގެ އުސޫލު ލިޔެވި ކައުންސިލުން އެންޑޯޒް ކުރުމަށްފަހު ކުރިއަށް ގެންދިއުމުގެ ގޮތުން "މާލެ ފެހި" އާންމުންނަށް ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލްގެ 68 ވަނަ ރަސްމީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.