މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
09 Oct 2022 | 11:00
އަންނަ ޖަނަވަރީ މަހު ކެޓް ޝެލްޓަރ ގެ ޢަމަލީ މަސައްކަތް ފެށޭނެ: ޑރ. މުއިއްޒު

2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކެޓް ޝެލްޓަރ ނުވަތަ އެނިމަލް ފެސިލިޓީގެ މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މާލެ ސިޓީ ކައުންސިލުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ، ކެޓް ޝެލްޓަރ ގެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ ނިމިދިޔަ ދައުރުގައިވެސް އެކަމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާ ކަމެއް ކަމަށެވެ. އެގޮތުން އެކަމާއި ގުޅިގެން ނިންމަންޖެހޭ ނިންމުންތައް ނިންމައި، ހުޅުމާލޭގައި އެ ފެސިލިޓީ ގާއިމް ކުރަން އެޗްޑީސީ އާއި އެކު އެއްބަސްވުމުގައި ސޮއި ކުރާ ހަމައަށްވެސް އެދައުރުގައި ވަނީ އައިސްފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

އެހެން ނަމަވެސް، ދައުރު ބަދަލުވެ، އަދުގެ ކައުންސިލުން އެކަން ކުރިއަށް ގެންދަން މަސައްކަތް ކުރުމުން އެކަން ކުރިއަށް ނުގެންދެވިފައި އޮތް އޮތުމަކީ ސިޔާސީ މައްސަލައެއް ކަމަށް ދެކެ ވަޑައިގަންނަވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ، އެޗްޑީސީ އާއި އެކު އެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވުމިން އަމިއްލަ ޚަދަރުގައި އެކަން ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފެއްޓެވި ކަމަށާ، އެގޮތުން ޢިއުލާން ކުރި ފުރަތަަމަ ފަހަރު އެއްވެސް ފަރާތެއް ނުވި އިރު ދެވަނަ ފަހަރުވެސް އެކަށީގެންވާ ބިޑް ތަކެއް ނުލިބޭ ކަމަށެވެ. އެހެންކަމުން، މިހާރު ކައުންސިލުން ނިންމާފައިވަނީ، ކައުންސިލުގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން އެ ކައުންސިލުގެ ޚަރަދުގައި އެކަން ކުރަން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ މިހާރު ކެޓް ފެސިލިޓީގެ ކުރެހުންތައް ހަދައި ޓެކްނިކަލް މަސައްކަތް ކުރަމުންދާ ކަމަށާ، ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ވިހާވެސް ކުޑަ ޖާގައެއް ބޭނުން ކޮށްގެން، އެންމެ ރަނގަޅަށް، އެންމެ ކުޑަ ޚަރަދެއްގައި ބުޅަލުގެ މައްސަލަ އަށް ހައްްލެއް ގެނައުމަށް ކަމަށެވެ.

އަދި އުއްމީދަކީ އަންނަ ޖަނަވަރީ މަހުގައި އެތަނުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ކެޓް ޝެލްޓަރ އޭ ބުނި ނަމަވެސް ހަގީގަތުގައި އެއީ އިމާރާތެއް އަޅާފައި ބޯހިޔާވަހިކަން ދިނުން ނޫން ކަމަށާ، އެތަނުގައި ގާއިމް ކުރަނީ އެނިމަލް ފެސިލީއެއް ކަމަށާ، އެފެސިލިޓީގައި އެހެން ޖަނަވާރުތަކަށްވެސް ޚިދުމަތް ދެވޭނެ ކަމަށެވެ.

"އެހެން ޖަނަވާރުތަކަށްވެސް ޚިދުމަތް މި ދެންނެވީ، ޓްރީޓްމަންޓް ދެވޭ ކަހަލަ ވެޓް ސާވިސް އާއި އެކީގައި ހިންގާ ފެސިލިޓީއެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އެ އިމާރާތް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިޔާ ޖަނަވަރީ ގައި ފެށޭނެ. ޖަނަވަރީ މި ބަލަނީ ކުރެހުންތައް ނިންމައި ޑޮކިއުމަންޓް ޕްރޮސެސް ކުރިއަށް ދާނެތީ، އެމަސައްކަތް ވެސް ނިމި، އެއީ ދެން ގާތްގަނޑަކަށް 4 ވަރަކަށް މަސްދުވަހުގެ މަސައްކަތައް ބަލައި 2023 ގެ އޭޕްރިލް ހިސާބުގައި އިރާދަކުރެއްވިޔާ އެތަން ފަންކްޝަނަލް ތަނަކަށް ހެދުން." މޭޔަރު މުއިއްޒު ވިދާޅުވިއެވެ. 

އެނިމަލް ފެސިލިޓީ އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހުއެވެ. މިޕްރޮޖެކްޓްގެ ދަށުން ވިލިމާލޭގައި ކެޓް ޝެލްޓަރ އިމާރަތަކާއި އެކު ވެޓް ސާވިސް ކްލިނިކެއް ގާއިމުކުރެވިގެންދާނެއެވެ. މި މަޝްރޫއަށް 5 މިލިއަނާއި 8 މިލިއަނާ ދެމެދުގެ ހަރަދެއް ވާނެކަމަށް ބެލެވޭ ކަމަށް ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.