މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
09 Oct 2022 | 12:19
ކުރިން ޕްލޭންގައި އޮތީ އަމީނީމަގު ހަދަން ގަސް ނުކަނޑަން: ޑރ. މުއިއްޒު

އަމީނީ މަގު ޒަމާނި ފެންވަރަށް ތަރައްގީ ކުރުމަށް މީގެ ކުރިން ކުރި ޕްލޭގައި ވަނީ މަގުގައި ހުރި ބޮޑެތި ގަސްތައް ނުކަނޑައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީ އާއި އެކު އެބަސްވީ ސިޓީ ކައުންސިލާއި އެކު ހެދި އެއްބަސްވުމުގެ ދެ ގުނަ އަގުގައި ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި، އާރްޑީސީ އަށް އެއްބާރުލުން ދެމުންދަނީ، މާލޭގެ ތަރައްގީއަށް ކުރާ މަސައްކަތް ތަކުގައި އެހީވާން ކަމަށް މުޢިއްޒު ވިދާޅުވިއެވެ. 

އެހެން ނަމަވެސް ގަސްތައް ކެނޑުމުގެ ކަންތައް ދާގޮތް އަޅުގަނޑުމެންނަށް ކަންބޮޑުވުން އޮތް ކަމަކަށް މިވަނީ. އެއީ ކުރީގައި ޕްލޭންގައި ނޯވޭ އެމަގު އެހެރަ ގަސްތައް ނަގާ ގޮތަކަށް. މަޖީދީ މަގުވެސް އެ އޮތީ ކުރިން ހަދާފައި. ގަސް ތަކެއް ނުނަގާ. އެހެން ނަމަވެސް ނަގަން ޖެހިދާނެ ގަހެއް ހުރެދާނެ. އެކަމަކު ހުރިހާ ގަހެއް ނަގައިގެން އަނެއްކާ އަލުން ބަލުން ހުރިހާ ގަހެއް އިންދަން ޖެހުމަކީ އަޅުގަނޑު ހިތުން އެއީ އެއް ނޫން ކަންނޭނގެ އެކަން ވާންޖެހޭނެ ގޮތަކީ. 

މޭޔަރ ޑރ. މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ވެސް މުޢިއްޒު ވަނީ އަމީނީ މަގު ހެދުމުގައި މަގުގެ ފުޅާމިން ހަނިވާ ގޮތަށް ހަދަމުންދާތީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ އާރްޑީސީން މީގެ ކުރިން ހެދި މަގުތަކުގައިވެސް، މަގުގެ ފުޅާމިން ދެ ފޫޓު ނުވަތަ ދޮޅު ފޫޓު ހަނި ކޮށް ހަދާފައިވާ ކަމަށާ، އެކަން އެގޮތަށް ނުކުރުމަށް، ރޯޝަނީ މަގު ހަދާ ނިމުމުންވެސް އާރްޑީސީ އާއި އެކީ ނިންމަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ނިންމެވުން، ޕްލޭނިންގ މިނިސްޓްރީއާއި އެކު ނިންމާފައި ނުވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެގޮތަށް ނިންމަވާފައި ނެތުމުން ކުރީގެ ޑިޒައިނަށް އެކަން ކުރެވެމުންދާ ކަމަށާ، އޭގެ ސަބަބުން ތިން ފޫޓު މަގުން ހަނިވެގެންދާކަމަށެވެ. 

"ތިން ފޫޓަށް ވުރެ ބޮޑަށް އެބަ ހަނިވޭ. ހަނިވީމަ އެއީ މާލޭގެ އެންމެ ބޮޑު މައި މަގު. އެމަގުގައި މިނީ ބަސް ވެސް އެ ދުއްވާ. އެހެންވީމާ ވަރަށް ބޮޑު ތާށިކަމެއް އޭގެންވެސް އަންނާނެ."

މޭޔަރ ޑރ. މުހައްމަދު މުޢިއްޒު 

އެހެން ކަމުން އުއްމީދަކީ ސިޓީ ކައުންސިލްގެ އެ ކަންބޮޑުވުން އަޑު އަހައި، މަގުގެ ފުޅާމިން ރަނގަޅުކޮށް، ގަސްތައް ނުކަނޑައޖ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ގެންދިޔުން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.  

ކޮމެންޓް
ޢަދުނާނު (ތަބައް)
ތިންފޫޓުކީތްކުރަންތޯ ފަސްފޫޓު ހަނިކޮށްފައި، ނުވިތާކަށް ގޯތި ގެދޮރުން ބައެއް އުނިކޮށްފައި އަސް "ޕާކުކުރާނެ ޖާގަ" ހަދަންޖެހޭ... .........! ޕްލޭނެއްދޯ؟
13 Oct 2022
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.