މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ: މާލެސިޓީ ކައުންސިލް
ހަބަރު
09 Oct 2022 | 14:28
ވަޒީފާނެތް ޒުވާނުންނަށް މާލެ ސިޓީ ކައުންސިލުން ޕްރޮގްރާމެއް!

މާލެސިޓީ ގައި ދިރިއުޅެމުންދާ މާލޭގެ ރައްޔިތުންގެ ތެރެއިން ވަޒީފާނެތް ޒުވާނުންގެ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މާލެ މާލެސިޓީ ކައުންސިލްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން އިސްނަގައިގެން ހިލޭ ސާބަހަށް މާލޭގައި ދިރިއުޅޭ، ވަޒީފާނެތް ޒުވާނުންނަށް މަސައްކަތެއް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަން، ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. 

ޚާއްސަކޮށް އާރްޓް އެންޑް ކްރާފްޓް ދާއިރާއިން. ކުރެހުމާއި ކުރެހުމުގެ ފަންނު، ފަންނު ވެރިކަމުގެ މަސައްކަތް، އެކަހަލަ އާޓް އެންޑް ކްރާފްޓް ދާއިރާގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް އަޅުގަނޑުމެން ފަށަން މި ނިންމީ. 

މޭޔަރ ޑރ މުހައްމަދު މުއިއްޒު 

މޭޔަރ މުއިއްޒު ވިދާޅުވީ މި ޕްރޮގްރާމުގައި މާލޭގެ ކޮންމެ އަވަށަކުން 50 މީހުން، ޖުމުލަ 300 މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާ، މިއީ ހިލޭ ކުރިއަށްދާ ޕްރޮގްރާމެއް ކަމުން މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން އެއްވެސް ފީއެއް ދައްކާކަމަށް ނުޖެހޭނެކަމަށެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވެ ފުރިހަމަ ކުރާ ފަރާތްތަކަށް އެމްކިޔުއޭ ގަބޫލުކުރާ ސެޓްފިކެޓެއް ލިބޭނެ ކަމަށާ، ޕްރޮގްރާމު ކުރިއަށްދާނީ ރެޖިސްޓާރޑް އިންސްޓިޓިއުޝަނަކާއި އެކުގައި ކަމަށްވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ވަރަށް އަވަހަށް އިއުލާން ކޮށްލާނަން ޒުވާނުން ބައިވެރިވާން. ބޭނުންވަނީ ޒުވާނުން އެމްޕަވަރކޮށްދޭން ކައުންސިލުން. ކައުންސިލްގެ ސްޓްރެޓެޖިކް ޕްލޭންގައި އޮންނާނެ އެވާހަކަ. 

މޭޔަރ ޑރ މުހައްމަދު މުއިއްޒު 

މި ޕްރޮގްރާމް ނިންމާ ޒުވާނުންނަށް، އެ މީހުންގެ އަމިއްލަ ކުރެހުމާއި އެހެނިހެން ކްރާފްޓް މަސައްކަތް ރިސޯޓް ތަކާއި ގެސްޓް ހައުސްތަކަށް ވިއްކުމުގެ މަގު ފަހިވެގެން ދާނެ ކަމަށާ، އެ ކަމުގެ ތެރެއަށް ވަދެ އެފަރާތްތަކަށްވެސް އާއްދަނީ ހޯދެން ފެށޭނެ ކަމަށް މުޢިއްޒު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ކޮރްއޭޝިއާ ބަލިކޮށް ޕޯޗްގަލް ގަދަ 16 އަށް
މެޗު ނިމެން ދަނިކޮށް ފަހުވަގުތު ކޮރްއޭޝިއާއިން ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް، ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ
03 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
02 Jul 2026
ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރާ ބިލް ތަސްދީޤުކުރައްވައިފި
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ -/4 (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.