Advertisement

ވެނެޒުއެލާގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެ

ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ވެނެޒުއޭލާގެ ބައެއް އިމާރާތްތަކަށް ގެއްލުންވެފައި

ވެނެޒުއެލާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެއެވެ.

ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ހިނގި މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ ރަށެއް ކަމުގައިވާ ލަސް ޓެހޭރިޔާސްގައެވެ. 

މި ހާދިސާގައި 22 މީހުން މަރުވެ 52 މީހަކު ގެއްލިފައިވާއިރު، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެގައުމުގެ އޮފިޝަލުން ދަނީ ކުރަމުންނެވެ. 

Advertisement

މި ހާދިސާތަކުގައި އެ ރަށުގެ ގިނަ އަދަދެއްގެ ގެދޮރަށް ގެއްލުން ލިބިފައިވާއިރު، ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުމާ ގުޅިގެން ލަ ޓެހޭރިޔާސް މުޅިން ސުންނާފަތިވެފައިވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ބުނެއެވެ. އަދި ގެތަކާއި ވިޔަފާރިތައް ހަލާކުވެ، މަގުތަކުގައި ހުރި ގަސްތައް ވެއްޓި، ކިސަޑާއި ކުނީގެ ސަބަބުން ފޮރުވިފައިވާ މަންޒަރު ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ ހިތާމަ ފާޅު ކުރުމުގެ ތިން ދުވަސް އިޢުލާނު ކުރައްވާފައެވެ. މިއީ، ފާއިތުވި 30 އަހަރުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި މި ފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާ ކަމަށްވާއިރު ފަހުގެ ތާރީޚެއްގައި ކޯރުތައް ފުރިގެން ބަންޑުންވި ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement