ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ހަބަރު
11 Oct 2022 | 09:34
ނަފްސާނީ ބަލި އޮތް މިންވަރު ދެނެގަތުމަށްޓަކައި ޤައުމީ ފެންވަރުގެ ދިރާސާއެއް ކުރަނީ

ނަފްސާނީ ބަލި ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށްޓަކައި ޤައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.

ރޭ "ޕީއެސްއެމް" އިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތް މިނިސްޓްރީ ސަފިއްޔާ މުޙައްމަދު ސައީދު ވިދާޅުވީ ރާއްޖޭގައި މި ބަލި އޮތް މިންވަރު ދެނެގަތުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ. މިގޮތުން ނަފްސާނީ ބަލި ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށްޓަކައި ޤައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށްޓަކައި މިހާރު ތައްޔާރުވަމުން އަންނަކަމަށާއި، އެކަން ކުރުމަށްބޭނުންވާ ފައިސާ ހަމަޖެހުމުން، އަންނަ އަހަރުގެ ތެރޭގައި ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށައިގަންނާނެކަމަށެވެ.

"އައިޖީއެމްއެޗްގައި ހުރި ސެންޓަރުންވެސް އެތައްބަޔަކު ޚިދުމަތް އެބަހޯދާ. ދިރާސާއެއް އެބަ ހަދަން ޖެހޭ. ދިރާސާ ހަދައިގެން ލިބޭ މަޢުލޫމާތުގެ އަލީގައި ޚިދުމަތްތައް މިއަށްވުރެ ފުޅާކުރުމަށް އެބަ ބޭނުންވޭ." ސަފިއްޔާ މުޙައްމަދު ސައީދު ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތް މިނިސްޓްރީ ސަފިއްޔާ މުޙައްމަދު ސައީދު-ފޮޓޯ: ޕީއެސްއެމް 

މި ދިރާސާގައި ރާއްޖޭގައި ބަލި އޮތް މިންވަރުގެ މަޢުލޫމާތުތަކާއި ނަފްސާނީ ބަލީގެ ގޮތުގައި ފާހަގަކުރެވޭ ކަންތައްތަކުގެ މަޢުލޫމާތުތައް އެއްކޮށް، ނަފްސާނީ ބަލި ތަޙައްމަލު ކުރާ މީހުން އެންމެ ގިނައިން ތިބި ސަރަޙައްދުވެސް ދެނެގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ބޮޑަށް ޚިދުމަތްތައް ފުޅާ ކުރަންވީ ސަރަޙައްދުތައް އެނގި އިތުރު ކުރަންޖެހޭ ވަޞީލަތްތައް މި ދިރާސާގެ އެހީގައި އެނގިގެންދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، އެފަދަ ފަރާތްތަކަށް ފަރުވާ ކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މެންޓަލް ހެލްތު ސެންޓަރ އެއް ވަނީ 2019 ވަނަ އަހަރު އައިޖީއެމްއެޗް ގައި ގާއިމްކޮށްފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނޮވެމްބަރު ގެ ނިޔަލަށް އެ ސެންޓަރުން ވަނީ 55،608 މީހުންނަށް ހިދުމަތް ދީފައިވެ އެވެ.

ކޮމެންޓް
ކަލީމާ
ފުރަތަމަ ހެލްތު މިނިސްޓްރީގައި އެކަން ބައެއް މުވައްޒަފުން ނަފްސާނީ ވެފައިވާ ސަބަބު ބަލަން ވެއްޖެ ނޫންތޯ. އެޗް.އާރ ހެޑު މުވައްޒަފުންނަށް ކުރާ ދުއްތުރާތައް ބަލައި ދިރާސާ ކުރަން ފެނޭ.
11 Oct 2022
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.