ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު-- ފޮޓޯ: މަޖިލިސް
ހަބަރު
12 Oct 2022 | 09:29
މުޅި ދުނިޔެ ރާއްޖެ ބަލައިގަތީ ރައީސް ޞާލިޙްގެ މޮޅުކަމުން: ނިހާދު

މުޅި ދުނިޔެ ރާއްޖެ ބަލައިގަނެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މޮޅުކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް ނުވަތަ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ކުރިއަށްއޮތް ދައުރަށް ރާއްޖޭން ވާދަކުރި ގޮނޑި ކާމިޔާބުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ނިހާދު ވިދާޅުވީ، މުޅި ދުނިޔެއިން ރާއްޖެ ބަލައިގަތީ ރައީސް ޞާލިޙްގެ ޙިކުމަތްތެރިކަމާއި މޮޅުކަމުންކަމީ ޔަގީންވާ ކަމެއް ކަމަށެވެ. 

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިރޭ ކުރި ޓުވީޓުގައި ވަނީ 2023-2025 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ އާއި އެކު ޖުމުލަ 14 ގައުމެއް އެ ކައުންސިލުން ހުސްވެފައިވާ 14 ގޮނޑި އަށް އިންތިޚާބު ވެފައިވާ ކަން އިއުލާން ކޮށްފައެވެ. 

އެގޮތުން ރާއްޖެ އިންތިޚާބު ވެފައިވަނީ އެކައުންސިލުގެ އޭޝިއާ ޕެސިފިކް ސްޓޭޓުތަކުގެ ތެރެއިން ހުސްވެފައިވާ 4 ގޮނޑީގެ ތެރެއިން ގޮނޑިއަކަށެވެ. އެ އިންތިހާބުގައި 189 ގައުމުން ވޯޓުލީއިރު ރާއްޖެ އަށް ވަނީ 154 ވޯޓު ލިބިފައެވެ.

އިންތިޚާބުގައި ރާއްޖެ ހިމެނޭ ސަރަހައްދުން ވާދަކޮށްފައިވަނީ ރާއްޖޭގެ އިތުރުން އަފްޤާނިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ކިރްގިސްތާން އަދި ރިޕަބްލިކް އޮފް ކޮރެއާ އާއި ވިއެޓްނާމް އެވެ.

މީގެތެރެއިން އޭޝިއާ ޕެސިފިކް ސްޓޭޓް ތަކުގެ ތެރެއިން ހުސްވެފައިވާ 4 ގޮނޑިއަށް އިންތިޚާބުވެފައިވަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ވިއެޓްނާމާއި ކިރްގިސްތާނެވެ.

އަލަށް އިންތިހާބުވި ހަތަރު ގައުމާއި އެކު ދެން އޭޝިއާ ޕެސިފިކް ގައުމުތަކުގެ ތެރެއިން އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ތިބޭނީ ޗައިނާ، އިންޑިއާ، ކަޒަކިސްތާން، މެލޭޝިއާ، ނޭޕާލް، ޕާކިސްތާން، ޤަތަރު، އުޒްބެކިސްތާނުގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ. 

މި ކައުންސިލްގައި ތިބެވޭނީ އެންމެގިނަވެގެން ޖެހިޖެހިގެން ދެ ދައުރަށެވެ. ޖެހިޖެހިގެން ދެދައުރު ހަމަވުމުން ޖެހިގެން އަންނަ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.