ފިނޭންސް މިނިސްޓަރު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ/ ފޮޓޯ ރައީސް އޮފީސް
ހަބަރު
13 Oct 2022 | 17:48
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނުޖެހޭވަރަށް ޕްރޮޖެކްޓުތައް އެބަ ކުރިއަށްދޭ: އަމީރު

އަންނަ އަހަރު ބަޖެޓުގައި ހިމަނަން ނުޖެހޭ ވަރަށް މިހާރުވެސް ގިނަ ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަންނަ އަހަރަކީ ރިޔާސީ އިންތިޚާބުކަމަށް ވުމުން، ބަޖެޓުގެ ޚަރަދުތައް އިތުރުވާނެކަމަށް ލަފާކުރެވޭއިރު، މިނަސްޓަރުގެ ޚިޔާލަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކޯވިޑްގެ ދަތި ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަން ފުއްދާދިނުމަށް އަސާސީ ޚިދުމަތްތަކާއި ގުނޭ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ހިންގަމުން ދިޔަކަމަށެވެ. އަދި ރައީސުލްޖުމްހޫިރއްޔާގެ ވައުދުފުޅުތައް ފުއްދުމުގެ މަސައްކަތްތައް ރަށްރަށުގައި ކުރެވެމުންދާ މިންވަރު ބަލާލުމުން ފެނިގެންދާނެކަމަށެވެ. 

ކޯވިޑް ނަވާރައިގެ ސަބަބުން އިގްތިސާދު އެންމެ ހީނަރުވެފައިވާ ދަނޑިވަޅުގައިވެސް ސަރުކާރުން ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"ބޭސިކް އިންފްރާ ސްޓްރަކްޗަރ ޕްރޮޖެކްޓު، ފެނާއި ނަރުދަމާއަށް ވިޔަސް، ސުކޫލުތައް ވިޔަސް، ސިއްހީ ކަންތައްތައް ވިޔަސް، އަޅުގަނޑުމެންނަށް އެ މަސައްކަތްތައް އެބަ ކުރެވޭ، އަޅުގަނޑުމެން މި 4 އަހަރު ތެރޭގައި ދިމާވި އެކިއެކި އުނދަގޫތަކާއި އެކުވެސް، އެހެންވީމަ ކުރިއަށް އޮތް ތާގައި ހަގީގަތުގައި އިތުރަށް ބަޖެޓުގައި ޖަހާނެ ކަމެއް ގިނަ ރަށްރަށުގައި ނެތް" 

ފިނޭންސް މިނިސްޓަރު އަމީރު 

އެކަންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރަށްރަށުގައި މިހާރުވެސް ގިނަ މަޝްރޫއުތައް ހިނގަމުންދާއިރު، ރިޔާސީ އިންތިޚާބާއި ދިމާކޮށް ބަޖެޓު ބު ވާނެކަމަށް ގަބޫލު ނުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މި ސަރުކާރުން ކުރީގެ އެއްވެސް ސަރުކާރުން ނުކުރާވަރަށް ރަށްތައް ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.