ރައީސް ސޯލިހު ބަހުރެއިންގެ ރަސްގެފާނައި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
13 Oct 2022 | 18:20
އަގުހެޔޮކޮށް ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް ބަހުރެއިންއާއި މަޝްވަރާކޮށްފި

ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ އަގުހެޔޮކޮށް ހޯދުމަށް ބަހުރެއިންއާއެކު މަޝްވަރާ ކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު ވިދާޅުވެއްޖެއެވެ. 

އެކަން މިނިސްޓަރު ހާމަކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވަބުދެއްވަމުންނެވެ. 

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ބަހުރެއިންއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އެ ދަތުރުފުޅުގައި ބަހުރެއިން މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ތެޔޮ އަގުހެޔޮކޮށް ހޯދުމަށް އެއްވެސް މަޝްވަރާއެއް ކުރައްވާފައިވޭތޯ ނޫސްވެރިއަކު ވަނީ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. އަދި އެފަދަ މަޝްވަރާއެއް ކުރައްވާފައިވާނަމަ، ބަހުރެއިންއިން އަގުހެޔޮކޮށް ތެޔޮ ލިބޭނެކަމުގެ އެއްވެސް އެއްބަސްވުމަކަށް އާދެވިފައިވޭތޯ ސާފުކޮށްދެއްވުމަށްވެސް ނޫސްވެރިއާ އެދުނެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން، މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ދަތުރުފުޅުގަޔާއި އޭގެ ކުރިންވެސް ސަރުކާރުން ބަހުރެއިން މެދުވެރިކޮށް ރާއްޖެއަށް އަގުހެޔޮކޮށް ތެޔޮ ހޯދުމުގެ މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު ތެލުގެ މައްސަލައާއި ގުޅިގެން އަމަލުކުރާނެ ގޮތެއް އަދި ނިންމިފައި ނުވިނަމަވެސް، ރައްޔިތުންނަށް ފައިދާކުރުވަނިވި ހައްލަކާއި ހަމަޔަށް އާދެވިދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅިވިއެވެ. 

އޭގެ އިތުރުން ބަހުރެއިންއާއެކު ކުރެވުނު މަޝްވަރާ ތަކުގެ ތެރޭގައި ރާއްޖެއަށް އިންވެސްޓުކުރާނެ އޭރިއާތަކާއި ގުޅިގެން މަޝްވަރާ ކުރެވުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް އިންވެސްޓުކުރުމަށް ބަހުރެއިންގެ ވިޔަފާރިވެރިންގެ ޝައުގުވެރިކަން ހުރިކަން ފާޅުކުރައްވާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ރަޝިޔާ-ޔޫކުރެއިން ހަނގުރާމަ ދިގުލައިގެން ދިއުމާއި ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ.

އެކަމުގެ އަސަރުތައް ދިވެހިރާއްޖެއަށްވެސް ކޮށްފައިވާއިރު، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާކަން ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.