ޝެއިޚް އަޙްމަދު ސަމީރު
ހަބަރު
14 Oct 2022 | 10:10
ޤާނޫނުއަސާސީގައި މަނާ ނޫނިއްޔާ ކުރެވޭނޭ ބުނާ މީހުންނަށް ޝެއިޚް ސަމީރުގެ ރައްދެއް!

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި މަނާ ނޫން ކޮންމެ ކަމެއް ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ކަމަށް ބުނެ ހަރާމް ކަންކަމަށް އަރައިގަންނަ މީހުންނަށް ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިއެއް ކަމަށްވާ އައްޝައިޚް އަޙްމަދު ސަމީރު ރައްދު ދެއްވައިފިއެވެ. 

ގާނޫނު އަސާސީގައި "މަނާ ކުރެވިފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަން" އޮންނަ ޙާލަތްތައް ގާނޫނު އަސާސީން އަންގައިދޭ ލިޔުމަކާއި އެކު ޝެއިޚް ސަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމީ ޝަރީޢަތުގައި މަނާ އެއްވެސް ކަމެއް ކުރުން ޤާނޫނުއަސާސީންވެސް ހުއްދަ ނުދޭ ކަމަށެވެ.

އެހެން ކަމަށް ވީއިރު, މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރެވޭނެ ކަމަށް ބުނެ އިސްލާމީ ޝަރީޢަތުގައި މަނާކުރައްވާފައިވާ ކަންކަން ކުރާ މީހުން އެވަނީ މާތް ރަސްކަލާނގެ އަމުރުފުޅާ ޚިލާފުވުމުގެ އިތުރުން ޤާނޫނު އަސާސީއާ ވެސް ޚިލާފު ވެފައި ކަމަށް ޝެއިޚް ސަމީރު ވިދާޅުވިއެވެ. 

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތުން ގަނޫނުގައި މަނާ ނޫން ކަމެއް ކުރެވޭނީ އެކަމަކީ އިސްލާމީ ޝަރީޢަތުގައި ވެސް މަނާ ނޫންނަމައެވެ.  

ޝެއިޚް ސަމީރު މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ، "މޮޑެލް" ކުރުމުގެ ނަމުގައި އަންހެން ހެދުން ތަކެއް އަޅައިގެން ފިރިހެނުންތަކެއް މަގުމަތީގަޔާއި މީސްމީޑިއާގައި ހަރަކާތްތެރި ވުމާއި ގުޅިގެން އެކަމާ، އާއްމުން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު އެކަންކަން ދިފާއުކޮށް، ގާނޫނުގައި މަނާ ނޫން ކޮންމެ ކަމެއް ކުރެވޭނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. 

މިފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އެއްޖިންސުން ގުޅުން ހިންގުމާއި، ފާހިޝް ޢަމަލުތައް އާއްމު ވަމުންދާއިރު، އެފަދަ ކަންކަން ކުރާ މީހުންނަށް އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބު ނުދީ، ދޫކޮށްލެވިފައިވާ މައްސަލަތަކާއި ގުޅިގެން ދީނަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.