ހުޅިދޫގައި އެ އަތޮޅު ރައްޔިތުން މުޒާހަރާ ކުރަނީ
ހަބަރު
15 Oct 2022 | 21:20
ކައުންސިލްގެ ހައްގުތައް ހިމާޔަތްކުރުމަށް ވިދާޅުވި ބަސްފުޅާއި އަމަލާ ދިމައެއް ނުވޭ: ޝުޖާއު

ގާނޫނު އަސާސީއިން ކައުންސިލްތަކަށް ލިބިދޭ ހައްގުތަށް ހިމާޔަތްކޮށެއްދޭނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ބަސްފުޅާއި އަމަލާއި ދިމާނުވާކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ ވ. ހުޅިދޫ މައްސަލައާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ޝުޖާއު ވިދާޅުވީ ހުޅިދޫ މައްސަލައިގައި ސަރުކާރުން ގާނޫނުގައިވާ ގޮތަށް ތަންފީޒުކުރުމަށްވުރެ ބޮޑަށް އަމިއްލަ ފަރާތެއްގެ މަސްލަހަތު ސަރުކާރުން އިސްކުރާކަން ފާހަގަކުރެވޭކަމަށެވެ. އަދި އެއީ ވަރަށް ހިތާމަ ކުރާަކަމެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. 

ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކޮށް، މިހާތަނަށް މަސައްކަތެއްނުކޮށް ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ވ. ހުޅިދޫ ކުއްޔަށް ދިނުމުގެ އެގްރިމެންޓު ބާތިލުކޮށް އެ އަތޮޅު ރައްޔިތުންނާ ރަށް ހަވާލު ކުރުމަށް ގޮވާލާ ކައުންސިލުން އިސް ނަގައިގެން ވަނީ މުޒާހަރާަތަކެއް ކޮށްފައެވެ. 

ވ. އަތޮޅު ކައުންސިލާއި ބައެއް ރައްޔިތުން ހުޅުދޫއަށް ގޮސް އެ ރަށުގައި ތިބެގެން މުޒާހަރާ ކޮށްފައިވާއިރު، އެމީހުން އެ ރަށުން ބޭލުމަށް ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފައެވެ. 

އެހެން ނަމަވެސް އެފަހުން އެ މައްސަލައަށް ހައްދުހޯދުމަށް މަޝްވަރާކުރުމަށް މުޒާހަރާތައް ވަނީ މެދުކަނޑާލާފައެވެ. 

ވ. އަތޮޅު ކައުންސިލުން ބުނިގޮތުގައި ހުޅިދޫ މައްސަލައަށް ހައްލެއް ހޯދާދިނުމަށް އެދި ސަރުކާރުގައި ދަންނަވާފައިވާތާ 15 މަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، އެމީހުންނަށް އެދެވޭ ޖަވާބެއް ދީފައެއް ނުވެއެވެ. 

ހުޅިދޫ ވ އަތޮޅު ކައުންސިލގެ އިހުތިސާސްގެ ތެރެއަށް ގެނައުމަށް އަޑުއުފުލަން ފެށީ ސަރުކާރުގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައި ނުވާތީކަމަށް އެކައުންސިލުން ވަނީ ހާމަކޮށްފައެވެ. 

އެހެން ނަމަވެސް މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން ހައްލަކާއި ހަމަޔަށް އާދެވިދާނެކަމަށް އުންމީދުކުރާކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.