ފޮޓޯ/ ބީބީސީ
ދުނިޔެ
16 Oct 2022 | 12:31
އެބޯލާ ފެތުރެމުންދާތީ ޔުގާންޑާގެ ދެ ސަރަހައްދެއް ފުރަބަންދުކޮށްފި

ނުރައްކާތެރި ބައްޔެއް ކަމަށްވާ އެބޯލާ ފެތުރެމުންދާތީ ޔުގާންޑާގެ ދެ ސަރަހައްދެއް ފުރަބަންދުކޮށްފިއެވެ.

އެގޮތުން ޔުގާންޑާގެ ދެ ސަރަހަެއްދެއް ކަމަށްވާ މުބެންޑޭ އާއި އަވަށްޓެރި ކަސަންދާގެ ބާތަކާއި ނައިޓްކްލަބްތަކާއި އަޅުކަން ކުރާ ތަންތަނާއި މުނިފޫހިފިލުވުމުގެ ތަންތަން ބަންދުކޮށް ކާފިއު ހިންގަން މިހާރު ވަނީ ނިންމައިފަ އެވެ. މި ދެ ސަރަހައްދުގެ ހުރިހާ ހަރަކާތެއް 21 ދުވަހަށް ވަނީ މެދުކަނޑާލާފަ އެވެ.

އަދި މުދާ އުފުލާ ޓްރަކްތަކަށް އެ ސަރަހައްދުތަކަށް ވަދެ ނިކުތުމުގެ ހުއްދަ ދޭނެ ކަމަށާއި، ނަމަވެސް އެހެން ހުރިހާ ޓްރާންސްޕޯޓްތަކެއް ހުއްޓާލާނެ ކަމަށް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބަލި ޖެހިގެން އެގައުމުގައި 29 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، 63 މީހަކަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ އިން ބުނެއެވެ.

ޔުގާންޑާގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި، މީގެ ކުރިން ބަލި ޖެހުނު މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޞިއްޙީ ޚިދުމަތްތެރިން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ބަލި ޖެހިފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. އެ މީހުންނަށް ފަރުވާ ދީފައި ވަނީ އެންޓެބޭގައި ހުންނަ ޞިއްޙީ ފަރުވާދޭ މަރުކަޒެއްގައެވެ. މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ޖުމުލަ 20 މީހަކު ބަލިން ފަސޭހަވެފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ.

ޔުގާންޑާގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާ އެކު އެބޯލާ ފެތުރެން ފެށުމާ އެކު ބައެއް ޤައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. މީގެ ތެރޭގައި އެމެރިކާ ހިމެނެއެވެ. އެ ޤައުމުން ވަނީ، ޔުގާންޑާއަށް ދަތުރު ކޮށްފައި އެނބުރި އެ ޤައުމަށް އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ފަށާފައެވެ.

އެބޯލާ ވައިރަސް ޑިޒީޒް (އީ.ވީ.ޑީ) ނުވަތަ އެބޯލާއަކީ ޖަނަވާރުންގެ ފުށުން އިންސާނުންގެ ހަށިގަނޑަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ފަތުރާ ޖަނަވާރުތަކުގެ ތެރޭގައި ވައު، ޕޯކިޔުޕައިން އަދި ރާމާމަކުނު ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.