މިނިސްޓަރު މަހްލޫފް އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުހައްމަދު ޞާލިހް-- ފޮޓޯ/ ޔޫތް މިނިސްޓްރީ
ހަބަރު
16 Oct 2022 | 17:17
ރައީސްގެ ކުޅިވަރު ސިޔާސަތުގެ ގިނަ ކަންކަން ހާސިލްވެއްޖެ: މަހްލޫފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކުޅިވަރު ސިޔާސަތުގެ ތެރެއިން ރާއްޖެއަށް ވަރަށް ގިނަ ކަންކަން ހާސިލު ވެފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ސަން އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށްދާ "ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ 2022" ގެ ތެރެއިން މިނިސްޓަރު މަހްލޫފް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދީ އަދި ފުރުސަތުތައް ޕްރޮމޯޓް ކުރުމަށްޓަކައި ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

އަދި މިއީ ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާއިރު، މިއީ އެންމެ މައްޗަށް ރޭންކު ކުރެވޭ ފެންވަރުގެ ބޮޑު މުބާރާތެއް ކަންވެސް މަހްލޫފް ފާހަގަކުރައްވިއެވެ. އެގޮތުން މި މުބާރާތުގައި އެންމެ ޓޮޕް ލެވެލްގެ އެތްލީޓުންނާއި ވޯލްޑް ޗެމްޕިއަނުން ބައިވެރިވާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ. 

މީގެ އިތުރުން މަހްލޫފް ވިދާޅުވީ، މިއަހަރުގެ ތެރޭގައި މިހާތަނަށް ބައިނަލްއަގްވާމީ ހަ މުބާރާތެއް ރާއްޖޭގައި ބާއްވާފައިވާ ކަމަށާއި މިއަހަރު ނިމޭއިރު މިގޮތަށް 10 މުބާރާތް ބޭއްވޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަން ރައީސުލްޖުމްހޫރިއްޔާގެ ކުޅިވަރު ސިޔާސަތު ކުރިއަރުވަން މިކުރާ މަސައްކަތުގެ ތެރެއިން ހަމަގައިމު ވެސް މިކަހަލަ ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެންނަށް މިވަނީ ހާސިލް ކުރެވިފައި،" މަހްލޫފް ވިދާޅުވި އެވެ.

ސަން އައިލެންޑްގައި ކުރިއަށް ގެންދާ މި މުބާރާތުގައި ދުނިޔޭގެ 28 ގައުމަކުން 200 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވެ އެވެ. މުބާރާތް މިމަހުގެ 13 ވަނަ ދުވަހު ފަށާފައިވާއިރު، މާދަމާ ނިމޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.