ބިސް
ލައިފްސްޓައިލް
17 Oct 2022 | 06:03
ބިހުން އިސްތަށިގަނޑަށް ކުރާ ފައިދާތައް!

ބިހަކީ އާންމުކޮށް ކެއުމަށް ބޭނުންކުރާ އެއްޗަކަށްވިޔަސް ބިހުން އިސްތަށިގަނޑަށް ކުރާ ފައިދާ ގިނަބަޔަކަށް ނޭގެއެވެ.

ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާއިރު ބިސް ބޭނުންކުރުމުގެ ސަބަބުން އިސްތަށިގަނޑު މަޑުވެ، ފަސޭހަވެގެން ދާނެއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު ބިހުގެ ގޮބޮޅި އިސްތަށިގަނޑުގައި ހާކާލާށެވެ. މި ގޮތަށް ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރުވެސް ބޭނުންކޮށްލެވިދާނެއެވެ.

އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ބިހުގެ ހުދު ބަޔާއި ގޮބޮޅި ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. އާދައިގެ އިސްތަށިގަނޑަކަށް، މުޅި ބިސް ބްލެންޑް ކޮށްފައި ބޭނުން ކުރެވިދާނެއެވެ.

ހަމައެހެންމެ ބިހުން އިސްތަށިގަނޑު ދިގުވާން އެހީއެއް ވާ އެކައްޗަކީ އިސްތަށިގަނޑުގައި އެކުލެވިގެންދާ ކެރަޓިން ނަމަކަށް ކިޔާ ޕްރޮޓީންގެ ބާވަތެވެ. އެހެންކަމުން އިސްތަށިގަނޑަށް ބިހުގެ ސަބަބުން ޕްރޮޓީން އިތުރަށް ލިބޭނަމަ އިސްތަށިގަނޑު ދިގުވާން އެހީވެދޭނެއެވެ.

މީގެ އިތުރުން އިސްތަށިގަނޑުގައި ގޮށް ޖެހުން ކުޑަކޮށްދިނުމަށްވެސް ބިސް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ބިހުގެ ހުދު ބަޔާއި، އޮލިވް އޮއިލް ފަދަ ތެޔޮ އެއްކުރުމަށްފަހު އިސްތަށިގަނޑުގައި ހަފްތާއަކު އެއްފަހަރު 15 މިނިޓް ވަރު ހާކާލާށެވެ. އަދި ބިސް ބޭނުންކުރުމުން ހަންގަނޑުގައި ރޫޖެހުން ލަސްވެ ބޮލުން އިސްތަށި ފޭބުން ފަދަ މައްސަލަތަކުން ވެސް ދުރުވާނެއެވެ.

ބިހަކީ ކެއުމުގެ އިތުރުން އިސްތަށިގަނޑާއި ހަމުގައި ވެސް އުނގުޅަން ރަނގަޅު އެއްޗެކެވެ. ބިހުގައި ވިޓަމިން އޭ، ވިޓަމިން ބީ، ވިޓަމިން ބީ5، ވިޓަމިން ބީ12، ވިޓަމިން ޑީ އަދި މިނެރަލްސްގެ ތެރެއިން ޕޮޓޭސިއަމް، ޒިންކް، ކެލްސިއަމް އަދި ސެލޭނިއަމް ވެސް ބިހުގައި ހުރެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.