ރައީސް ސޯލިހު ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް ކާށިދޫގައި/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Oct 2022 | 12:42
ދަނޑުވެރިންނަށް ޚާއްސަ އިންޝިއުރެންސް ޕެކޭޖެއް ތައާރަފް ކުރަނީ

ރާއްޖޭގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް ޚާއްސަ އިންޝިއުރެންސް ޕެކޭޖުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ދަނޑުވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަަކަފުޅެއްގައެވެ. 

އެ ބައްދަލުވުމުގައި ކާށިދޫގެ ދަނޑުވެރިން ވަނީ އެ މަސައްކަތް ކުރުމަށް އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ރައީސުލްޖުމްޙޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ދަނޑުވެރިކަން ކުރުމުގައި ބިން ލިބުމުގައި ދިމާވާ ދަތިތަކާއި ބިމެއް ނެތި ރަނގަޅު ދަނޑުވެރިކަމެއް ނުކުރެވޭނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި ލޯނު ލިބުމުގައި ދިމާވާ ދަތިތަކަކާއި ދަނޑުތަކަށް ދިމާވާ ތަފާތު ބަލިތަކުގެ ވާހަކަތައްވަނީ ހިއްސާކޮށްފައެވެ.

ދަނޑުވެރިންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސުލް ސޯލިހު ވިދާޅުވީ ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމަށެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް ޚާއްސަ އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާކަމަށެވެ. 

އެހެން ނަމަވެސް އެ އިންޝއިރެންސް ދަނޑުވެރިންނަށް ލިބޭނެ ސީދާ ތާރީހެއް ރައީސް ސޯލިހު ވިދާޅުވެފައެއް ނުވެއެވެ. 

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ސޯލިހު ކާށިދޫއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަންއާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ސޯލިހުގެ މި ދަރުތުފުޅުގައި ވަނީ ދަނޑުވެރިންގެ ދުވަހާއި ގުޅުވައި ކ.ކާށިދޫގައި ބާއްވާފައިވާ ދަނޑުވެރިންގެ މައުރަޒަށްވެސް ޒިޔާރާތްކުރައްވާފައެވެ.

ދަނޑުވެރިންގެ މި މައުރަޒުގައި 19 ފަރާތަކުން ބައިވެރިވެފައިވާއިރު އޭގެތެރެއިން 8 ފަރާތަކީ ކާށިދޫގެ ދަނޑުވެރިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ