ރައީސް ޞާލިހާއި މިނިސްޓަރު އަމީރު
ހަބަރު
17 Oct 2022 | 13:22
ރައީސް ޞާލިހުގެ ވައުދުގެ %95 ޕްރޮޖެކްޓްސްތަށް ކުރިއަށްދޭ: އަމީރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް އިންތިހާބު ވުމުގެ ކުރިން ދިވެހިންނަށް ވެވަޑައިގެންނެވި ވައުދު ތަކުގެ ތެރެއިން 95 އިންސައްތަ ޕްރޮޖެކްޓްތައް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިފަދައިން ވިދާޅުވީ، ދައުލަތުގެ އާމްދަނީ ފޯކާސްޓަށް ބަލައި ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލަންޖެހޭ ހާލަތެއް އައިސްދާނެތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން އަމީރު ވިދާޅުވީ މިހާރުގެ ދަތި ހާލަތުގައިވެސް ރައީސް ވެފަ ހުރި ވައުދުތަކުގެ 95 ޕަސެންޓަށްވުރެ މަތީގައި ޕްރޮޖެކްޓުތައް ހިނގަމުންދާ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން މިހާރުވެސް މިދަތީގައިވެސް އަޅުގަނޑުމެން މިހާރު 2023 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލަން މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ގިނަ ރަށްތަކުގައި ހަމަ މި ސަރުކާރުން ރައީސް ވެފަ ހުރި ވައުދުތަކުގެ 95 ޕަސެންޓަށްވުރެ މަތީގައި އަޅުގަނޑުމެންނަށް ޕްރޮޖެކްޓުތައް އެބަ ހިންގޭ،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ދެކުނުން ފެށިގެން އުތުރަށްވެސް ޕްރޮޖެކްޓްސްތައްވެސް މިހާރުވެސް ކުރިއަށްދާ ކަމަށާ އެކަމަށް ހުއްޓުމެއް ނާންނާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.  

"ރާއްޖޭގެ އުތުރުން ގޮއްސަ، އެންމެ ދެކުނާ ހަމައަށްވެސް ހަމަ ގިނަ ރަށްރަށުގައި ހަމަ ވަރަށް ގިނަ ޕްރޮޖެކްޓުތައް އެބަ ހިންގޭ. މީގެ މަސައްކަތްތައް މި ދަތިތަކާ އެއްކޮށްވެސް ނުހުއްޓި، ކުރިއަށްދާ ވާހަކަ އަޅުގަނޑު ފާހަގަކޮށްލަން." އަމީރު ވިދާޅުވިއެވެ. 

މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަމަށްޓަކައި ގޯތި ދޫކުރުމަށް ގުޅިފަޅުން ބިން ހިއްކަން ބޭނުންވާ ފައިސާގެ ލޯނުގައި ސޮއި ކުރެވިފައިވާ ކަމަށެވެ. އަދި އެފައިސާ އަންނަ 2023 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާނެކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.