އިންޑިއަން ހައިކޮމިޝަންގެ ކުރީގެ އިމާރާތް
ހަބަރު
17 Oct 2022 | 14:46
އިންޑިއާ ހައިކޮމިޝަންގެ އިސް ޑިޕްލޮމެޓް އަންހެނުންނަށް ބޮޑެތި ގެވެށިއަނިޔާކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ ފަސްޓް އޮފިސަރ ދީޕަކް ސުނިތާ އާއި އޭނާގެ އަންހެނުންނާ ދެމެދު މާރާމާރީ ހިންގައި ފުލުހުން ހަރަކާތްތެރިވެއްޖެއެވެ.

ވޮއިސްއަށް ފުލުހުން މައުލޫމާތު ދިންގޮތުގައި ހުޅުމާލެ ރެނާޓަސް އިމާރާތުގައި އުޅޭ ބިދޭސީ ދެމަފިރިން ދެމެދު ހަމަ ނުޖެހުމެއް ހިންގައިގެން ފުލުހުން ހަރަކާތްތެރިވެފައިވާކަމަށާއި, ނަމަވެސް ފިރިހެން މިހާގެ (އިންޑިއަން ހައިކޮމިޝަންގެ ފަސްޓް އޮފިސަރ ދީޕަކް ސުނިތާ) މިހާތަނަށް ފުލުހުންނަށް އެއްބާރުލުން ދީފައިނުވާކަމަށެވެ.

މި މައްސަލާގައި ހައިކޮމިޝަންގެ ފަރާތުންވެސް މިހާރު ހަރަކާތްތެރިވަމުން އަންނަަކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. 

މި ހަމަނުޖެހުން ހިނގުމަށް މެދުވެރިވެފައިވަނީ, ދީޕަކް ސުނިތާ ކައިވެނީގެ ބޭރުން ދިވެހި އަންހެނަކާއެކު ސިއްރު ގުޅުންތަކެއް ބޭއްވުމުގެ ސަބަބުންކަމަށް ދީޕަކް ސުނިތާގެ އަންހެނުން ފަރާތުން މައުލޫމާތު ލިބިފައިވެއެވެ. އަދި މިކަން ފަޅާއެރުމުން އަންހެން މީހާ މަރާލުމަށް މަަސައްކަތްކުރިކަމަށް އަންހެން މީހާ ތުހުމަތުކުރެއެވެ. 

ފުލުހެއް ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިންގޮތުގައި އަންހެން މީހާގެ ކަރުގައި ޒަހަމްތަކެއް ފެންނަ ހުއްޓެވެ. އަދި ފިރިހެން މީހާ އަތުންވެސް ވަކި އަޅާފައިވުމުގެ ސަބަބުން ޒަހަމްވެފައިވެއެވެ. އެއީ އަންހެންމިހާ ކަރުގައި ހިފުމުން ސަލާމަތްވުމަށް މަސައްކަތް ކުރަން އަޅާފައިވާ ވަކި ކަމަށް އަންހެން މީހާ މައުލޫމާތު ދީފަައިވެއެވެ.

މި ދެމަފިރިން ދެމެދު ހަމަ ނުޖެހުން ހިނގާފައިވާއިރު, އެގޭގައި އެދެމަފަރިންގެ 2 އަހަރުގެ ކުޑަ ދަރިފުޅުވެސް އުޅެއެވެ. މިއީ ގެވެށި އަނީގެ މައްސަލައަކަށް ވެފައި, ޖެންޑާރ މިނިސްޓްރީން މިމައްސަލައަށް އެޓެންޑް ވެފައިވާކަން މިހާތަނަށްވެސް މިނިސްޓްރީން ސާފުކޮށްދީފައެއްނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އޮކްޓޯބަރު 14 ވީ ހުކުރު ދުވަހުގެ ރޭގައި ނަމަވެސް, މިހާތަނަށް ދީޕަކް ސުނިތާ ފުލުހުންނަށް އެއްބާރުލުން ދީފައިނުވާކަމަށް ފުލުހުން މައުލޫމާތު ދެެއެވެ.

ޑިޕްލޮމެޓް ޕާސްޕޯޓުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތައް ކުށްކުރިކަމުގައި ވީނަމަވެސް ދިވެހި ސަރުކާރަށް ފިޔަވަޅު އެޅުމުގެ ބާރެއް ލިބިފައެއްނުވެއެވެ. 

މިވަގުތު ރާއްޖޭގައި އެންބަސީތަކުގެ މުވަޒަފުންގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ސިފައިންވެސް ހަރަކާތްތެރިވަމުން އަންނަނީ ޑިޕްލޮމެޓް ޕާސްޕޯޓުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

އެޑިޓަރުގެ ނޯޓް
މި ސަރުކާރުން ހެއްކާއި ބެހޭ ޤާނޫނަށް ގެނައި ބަދަލާއެކު ނޫސްވެރިން ހާމަ ކުރާ މައުލޫމާތުގެ މަސްދަރު ހާމަ ކުރަން މަޖުބޫރުކޮށް ނޫސްވެރިޔާ ޖަލަށްލެވޭ ގޮތަށް ގާނޫނުވަނީ ހަދާފަ އެވެ. ފުލުހުންގެ ފަރާތުން މައުލޫމާތު ދިން ފަރާތް ހޯދަން މަސައްކަތް ކުރުމަކީ ކޮށްފާނެ ކަމެކެވެ.
ކޮމެންޓް
ޙަސަނުގެ ދަރި
ދީޕަކް ސުނީތާ ތަ ނޫނީ ދީޕަކް އާ ސުނީތާތަ. ބައެެއް ދިވެހި އަންހެނުން ނަށް ވަރިހަމަ ވާނެ ބިދޭސީއެއް ވެއްޖިއްޔާ މީހެއްގެ ފިރިޔަކަސް ވަރިހަމަ ޣައިރު މުސްލިމަކަސް ބެލުމެއް ނޯވޭ
17 Oct 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.