ވ. އަންބަރާ
ހަބަރު
17 Oct 2022 | 18:42
"‏ވ.އަންބަރާ މައްސަލާގައި ގެއްލުންވީވެސް ރައްޔިތުންނަށް, ބަދަލުދޭން ވެސް ޖެހެނީ ރައްޔިތުން"

ވ.އަންބަރާ ކަނޑޫފާ ނައްތާލާ، އެތަނުގައި ރިޒޯޓެއް ތަރައްޤީކުރަންދިން މުއްދަތުގައި އެއްވެސް މަސައްކަތެއް ނުކުރުމުގެ ސަބަބުން އެކަމުގެ ގެއްލުން ވ. އަތޮޅުގެ ރައްޔިތުންނަށް ވެފައިވާއިރު، އޭގެ ބަދަލު ހޯދަން އެދުމުން އެ ބަދަލުވެސް ދޭން ޖެހުނީ ރައްޔިތުންނަށް ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ. 

އަންބާރާ މައްސަލައާއި ގުޅިގެން ވ. އަތޮޅު ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވި ސިޓީ އާއި އޭގެ ޖަވާބުގައި މިނިސްޓްރީން ފޮނުވި ސިޓީގެ ފޮޓޯއެއް ހިއްސާކުރައްވައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންބަރާ ކަނޑޫފާ ނައްތާލާ، ތަރައްޤީކުރަންދިން މުއްދަތުގައި އެއްވެސް މަސައްކަތެއްނުކުރާތީ، ރަށަށް ދިންގެއްލުން ބަލައި، އޭގެ ބަދަލު ހޯދައި، އެއްބަސްވުން ބާތިލުކުރުމަށް މިނިސްޓްރީން އެދުމުން އެ މައްސަލާގައި ކުށްވެރިވީ ވ. އަތޮޅު ކައުންސިލް ކަމަށެވެ. 

"ބަދަލު ދޭންޖެހެނީވެސް ވ.އަތޮޅު ރައްޔިތުން. ހަމަ ރަގަޅަށް ކޮސްވެއްޖެ!" ޝުޖާއު ވިދާޅުވިއެވެ. 

ވ. އަންބަރާގެ އެއްބަސްވުންތައް ބާތިލުކޮށް، އެރަށަކީ ވ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އެ އަތޮޅު ކައުންސިލުންގެ ބެލުމުގެ ދަށުގައިވާ ރަށެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެ ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ މިނިސްޓްރީން ބުނީ، އަންބާރާ އަކީ ހަނދުވަރު އޯޝަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ރިޒޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. 

ވުމާއެކު، އެ ރަށް އެގްރީމެންޓް ކޮށްފައިވާ ފަރާތް ފިޔަވައި އެހެން ފަރާތަކާއި ހަވާލު ކުރެވޭނީ، މަޝްވަރާކޮށް، އެ އެގްރީމަންޓް ބާތިލްކޮށް، އޭގެ ސަބަބުން ދައުލަތުން އެއްވެސް ބަދަލެއް ދޭން ޖެހޭ ނަމަ، އެ ބަދަލު ވ. އަތޮޅު ކައުންސިލުން ހަމަ ޖައްސައިދިނުމުން ކަމަށް އެސިޓީގައިވެއެވެ. 

އަންބާރާ އަކީ ރިޒޯޓެއް ޔަރައްގީ ކުރުމަށް ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑަށް 50 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ ރަށެކެވެ. އެހެން ނަމަވެސް، ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ދީފައިވާ މުއްދަތު ހަމަވެ, އޭގެ ފަހުންވެސް އިތުރު ފުރުސަތު ދީފައިވާ އިރުވެސް އެދެވޭ މަސައްކަތްތަކެއް އެތަނުގައި ނުކުރެވޭ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ