ޓެލެގްރާމް
ހަބަރު
19 Oct 2022 | 12:35
ޓެލެގްރާމް ގުރޫޕްތަށް ހައްދުންނެއްޓި އަގަށް މީހުން މަރާނެ މީހުން ހޯދަނީ!

ޓެލެގްރާމްގައި އެކި ނަންނަމުގައި ގުރޫޕްތައް ހަދައި، އަގުދީގެން ނުބައި ފާހިޝް ކަންކަމާއި، ބޮޑެތި ކުށްތައް ކުރުން އާއްމު ކަމަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަން އެކިފަހަރު މަތިން ފެންމަތިވަމުން ގޮސްފައިވެއެވެ. އެފަދަ ގުރޫޕު ގިނަވެ, ހައްދުން ނެއްޓޭ ހިސާބަށް މިވަނީ ގޮސްފައެވެ.

ޓެލެގްރާމްގައި ހިންގަމުންދާ އެފަދަ ގުރޫޕެއްގައި މީހުންގެ ތެރޭގައި ދެކެވިފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓް "ވޮއިސް" އަށް ލިބިފައިވާއިރު، އެ ގްރޫޕަށް މެސެޖު ކުރި މީހަކު ވަނީ، އަގެއް ކިޔުމަށްފަހު އެ އަގުގައި މީހަކު މަރާލާނެ މީހަކު ހޯދާކަމަށް ބުނެފައެވެ.

އެގޮތުން، އެކަން ކޮށްދޭ މީހަކަަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، އޭނާ މީހަކު މަރާލަން ބޭނުން ވާ ސަރަހައްދު ވެސް ވަނީ ހާމަކޮށްފައެވެ. 

މީގެ އިތުރުން، އެގުރޫޕަށް އިތުރު މީހުން ކޮށްފައިވާ މެސެޖުތަކުގައި، ހަށިވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ވިއްކުމާއި، އެފަދަ ކަންކަން ކޮށްދޭނެ މީހުންނާއި، އެފަދަ ކަންކަން ކުރަމުން އަންނަ ކަމަށް ފާޅުގައި އެއްބަސްވެ އެކަން ކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު އޮތްކަމަށް ވަނީ ހާމަކޮށްފައެވެ. 

ޓެލެގްރާމް ސްރީން ސޮޓް

މިފަދަ ނުބައި ފާހިޝް ޢަމަލުތަކުގެ އިތުރުން، ސިހުރު ހެދުން ފަދަ ދީނުން ބޭރުވާ، ދީނުގައި ބޮޑެތި ހަރާމް ކަންކަންވެސް އާއްމުކޮށް އެކި މުހުތާދުތައް ފުރިހަމަ ކުރުމަށް، އެފަދަ ފައިދާއެއް ނެތް ގެއްލުންހުރި ބޮޑެތި ފާފަތަކަށް އަރައިގަންނަން ތައްޔާރު މީހުން ތިބިކަން މެސެޖުތަކުން ހާމަވާއިރު, ބޮޑު އަގުގައި އެކަން ކޮށްދޭ މީހުންވެސް ތިބިކަން ހާމަވެއެވެ. 

4800 އަށްވުރެ ގިނަ މީހުން ތިބި މި ޓެލެގްރާމް ގުރޫޕުގެ މެސެޖުތަކެއް ދާދިފަހުން ވެސް މީސްމީޑިއާގައިވަނީ އާއްމުވެފައެވެ. އެހެން ނަމަވެސް އަދި އަދަށް ދާންދެންވެސް އެކަން ކުރިއަށްދާއިރު، ކަމާބެހޭ މުއައްސަސާތަކުން އެކަން ހުއްޓުވައި، އެ ޓެލެގްރާމް ޗެނަލް ބަންދުކޮށްފައެއް ނުވެއެވެ.

މިފަދަ އެތައް ގުރޫޕެއްގެ މައްސަލަ ފުލުހުންގެ މީޑިއާ ވަޓްސްއަޕް ގުރޫޕަށް ފޮނުވައި މިކަންކަމަށް ފިޔަވަޅު ނާޅާ މައްސަލާގައި އެތަކެއް ނޫސްވެރިންނެއް ފުލުހުންނާއި ކޮށްފައިވާ ސުވާލުތަކަށް ޖަވާބެއް ދެވިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ނުބައި ވީހާ ފާހިޝް ޢަމަލުތަކަކާއި، ބޮޑެތި ފާފަތަކާއި ކުށްތައް މިފަދަ ހާމަކަން ބޮޑު ގޮތެއްގައި ކުރަމުންދާއިރު، އެކަންކަން ނުހުއްޓުވައި، އެކަމާއި ގުޅޭ ގޮތުން ސަރުކާރުން ބީރުކަންފަތެއް ދެމުން އަންނާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ ސަރުކާރަށާއި، ހޯމް މިނިސްޓަރ ޢިމްރާން އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަމާޒުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.