ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ހަބަރު
19 Oct 2022 | 12:21
ފެނަކައިގެ ޑީއެމްޑީގެ ވާހަކަ އާންމު ތަންތަނުގައި ދައްކަވަން ލަދުގަނޭ: ސައީދު

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދު (އިބުރޭ) ގެ ވާހަކަ އާންމު ތަންތަނުގައި ދައްކަވަން ލަދުގަންނަ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ޗެއާމަން މުހަންމަދު ރަޝީދާއި އެމްޑީ އަހުމަދު ސައީދު އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ފެނަކައިގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ވާހަކަ އާންމުވާ ގޮތަށް ދައްކަން ލަދުގަންނަ ކަމަށެވެ.

ސައީދު މިހެން ވިދާޅުވުން މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ވަނީ ސަބަބު އޮޅުންފިލިވުމަށް ސައީދާއި ސުވާލުކުރައްވާފައެވެ. އެހެން ނަމަވެސް އެސުވާލަށް ޖަވާބެއް ދީފައެއް ނުވެއެވެ.

މީގެ އިތުރުން ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ހަތަރު އަހަރު ވަންދެން އިބުރޭ ޑީއެމްޑީ އަކަށް ހުންނެވި އިރު ވެސް ފިޔަވަޅެއް ނާޅާ އޮތީ ކީއްވެ ތޯ ސުވާލު ކުރައްވާފަ އެވެ. އަދި ސީރިއަސް މައްސަލަ ތަކެއް ދިމާވެއްޖެނަމަ ފިޔަވަޅު އަޅާނެ އުސޫލެއް އެ ކުންފުނީގައި ނެތީ ތޯ ވެސް ނާޒިމް އެއްސެވި އެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ފެނަކައިގައި ޑިސިޕްލިނަރީ އަދި ހެރެސްމަންޓް ކޮމެޓީތައް އޮންނަ ކަމަށެވެ. ސައީދު ވިދާޅުވީ އިބްރާހީމް ވަހީދަށް އަޅާފައިވާނީ އެންމެ ފިޔަވަޅެއް ކަމަށާއި، އެ ފިޔަވަޅަކީ އައިޓީ ނެޓްވޯކުން ދީފައިވާ އެކްސެސްއެއް ކަނޑައިލުމުގެ ފިޔަވަޅެކެވެ.

ކޮމެންޓް
ނިޒާރު
މަނިކުފާނުގެ ވާހަކަ ދައްކާކަށް އަހަރެމެން ނަހަދާނަން.ވަގުތުން ޖަލށް ވަންނަން ޖެހޭމީހެއްތީ މިހާރު ފައިލް އޮތީ ތައްޔާރަށް ހެކިނ ވެސް ތިބީ ތައްޔާރަށް އިންތިޚާބަށްފަހު
21 Oct 2022
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.