ޕާކިން ޒ(ޯނެއްގައި ސައިކަލުތަކެއް ޕާކުކޮށްފައި
ހަބަރު
19 Oct 2022 | 15:28
ކޯޓުން އަމުރުކުރިއަސް މިނިސްޓްރީއަށް ބާތިލުކުރަން ފެންނަ ރަޖިސްޓްރީތައް ބާތިލު ކުރަމުންދާނެ: ޓްރާންސްޕޯޓް

ރާއްޖޭގައި ގަވައިދާ ޚިލާފަށް ރަޖިސްޓްރީކުރި އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފައި އޮތް ނަމަވެސް، ބާތިލުކުރަން ފެންނަ ރަޖިސްޓްރީތައް ބާތިލު ކުރަމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ މިދިޔަ މިމަހުގެ ތެރޭގައި ގަވައިދާ ހިލާފަށް ރަޖިސްޓްރީ ކުރި އިތުރު 98 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައެވެ. 

 ރަޖިސްޓްރީ ބާތިލް ކުރެވުނު އުޅަނދުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އަދި ގަވައިދާ ހިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދު ހިމެނޭ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން, ރަޖިސްޓްރީ ބާތިލްކުރަން މަޑުޖައްސާލަން އަމުރެއްވެސް ވަނީ ނެރެފައެވެ.

އެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ސިވިލް ކޯޓުން އެގޮތަށް ހުކުމެއް ނެރެފައި އޮތް ނަމަވެސް، މިނިސްޓްރީން ބާތިލް ކުރުމަށް ފެންނަ އެއްޗެއް ބާތިލްކުރަމުން ގެންދާނެ ކަމަށެވެ. 

މީގެ އިތުރަށް ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅަނދުތަކެއް ރަޖިސްޓްރީ ކޮށްފައިވާކަން ދެނެގަނެވިފައި ވަނީ އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ އިންޓާނަލް އޮޑިޓެއްގައި ކަމަށާއި، އެގޮތުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމެއް ނެތި، ގަވައިދާ ހިލާފަށް 202 ވެހިކަލެއް ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.

ޓްރާންޕޯޓް މިނިސްޓްރީން ގަވައިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާއިރު، މިިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި 37 އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ.

ކޮމެންޓް
ބިސް ޓްރޭޑަރޒް
އައްދެ ހާދަހާ މަތިންް ސޭޓުގެ އަންހެނުން މި ދަތުރު ކުރަށްވަނީ...އެވެސް ގޮތެއް؟
20 Oct 2022
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.