ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ހަބަރު
20 Oct 2022 | 11:37
ޖިނާއީ ކުށްކުރާ ކުޑަކުދިންނާމެދު ޢަމަލުކުރާގޮތް އިސްލާހު ކުރި ސަބަބު ޝަމީމް ހާމަކުރައްވައިފި!

ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދާއި، އިޞްލާޙު ގެނައުމުގެ ގަވާއިދާއި، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދު އިސްލާހުކުރި ސަބަބުތައް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހާމަކުރައްވައިފިއެވެ. 

ޝަމީމް އޭނާގެ ބްލޮގުގައި "ގަވާއިދުތަކަށް އިޞްލާޙު ގެނައުން : ކޮން ބަދަލެއް؟" ނަމުގައި ލިޔެފައިވާ ގޮތުގައި، މިދެގަވާއިދަށް ބަދަލު ގެންނަން ޖެހުނީ، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކުށުގެ ޢަމަލުގައި ހިމެނޭ ކުޑަކުދިންގެ މައްޗަށް ޑައިވަރޝަން ޕްރޮގްރާމް ހިންގުމަށް ދިމާވަމުން ދިޔަ ބައެއް ގޮންޖެހުންތައް ޙައްލުކޮށް، މާނަހުރި ގޮތެއްގައި، އެޤާނޫނުގައި ބުނާ ޕްރޮގްރާމްތައް ހިންގޭނެ ޤާނޫނީ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ.

ޖިނާއީ ޢަދުލުގެ ނިޒާމުގައި، އެކި ސަބަބުތަކާހުރެ ތާށިވާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތްތައް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 8 ވަނަ މާއްދާ ބުނާގޮތުން، ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް ފިޔަވަޅު އެޅުމުގައި އެންމެ އިސްކަން ދޭންޖެހޭނީ އެކުއްޖާ އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢާށް ގެނައުމަށެވެ. އަދި އެކަން ޙާޞިލުކުރާނީ، ޑައިވަރޝަން ޕްރޮގްރާމެއްގެ ތެރެއިން ކަމަށްވެސް އެ ގާނޫނުގައިވާކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. 


ޑައިވަރޝަންގެ މަޤްޞަދުތަކުގެ ތެރޭގައި، ކުއްޖާ ކުރި ޢަމަލުގެ ސަބަބުން ކުރިމަތިވި ގެއްލުމަށް ޒިންމާވާން ބާރުއެޅުމާއި، މަޢާފަށް އެދުމުގެ ފުރުޞަތު ހޯދައިދިނުމާއި، ކުށް ތަކުރާރުކުރުމުން ދުރުހެލިކުރުމާއި ކުށުގެ ރެކޯޑެއް އައުން ހުއްޓުވުން ހިމެނެއެވެ.

ޝަމީމް ވިދާޅުވީ ޤާނޫނާ ޚިލާފުވިކަމުގެ ތުހުމަތުކުރެވޭ ކުއްޖެއްގެ މައްސަލައެއް އެއް މަރުހަލާއިން އަނެއް މަރުޙަލާއަށް ބަދަލުކުރަންވާނީ ޑައިވަރޝަންއަށް ފޮނުވުމާމެދު ގޮތެއް ނިންމުމަށްފަހު ކަމަށްވެސް ޤާނޫނުގައި އޮންނައިރު، ޑައިވަރޝަންއާމެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ތަޙްޤީޤުކުރާ އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކަމަށެވެ.

ނަމަވެސް، މިޤާނޫނު ލިޔުއްވިއިރު، ކުށުގެ ދައުވާކުރަންޖެހޭ މުއްދަތެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، ޤާނޫނު ފާސްވެގެން އައިއިރު، ޑައިވަރޝަން އެއްބަސްވުން ހެދުމަށް އެކަށީގެންވާ ވަގުތެއް ދީފައި ނެތް ކަމަށެވެ.

"އޭގެ އިތުރުން، ޑައިވަރޝަން އެއްބަސްވުމެއް ހެދުމަށްފަހު، ދައުވާ ނުކުރަން ނިންމާފައި އޮއްވާ، ޑައިވަރޝަން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ދެން ހެދޭނެ ގޮތެއްވެސް ނެތެވެ. އަލުން ދައުވާ ހުށަހަޅަން ބަލާއިރު، ދައުވާކުރަން އޮތް މުއްދަތުގައި ކޯޓަށް މައްސަލަ ހުށަނާޅާތީ، އަލުން ކޯޓަށް ހުށަހެޅޭކަށްވެސް ނެތެވެ. ނަތީޖާއެއްގެ ގޮތުން، ޑައިވަރޝަންގައި ބައިވެރިވުން އެއީ ޤާނޫނީ ނަތީޖާއެއް ނާންނަ ކަމަކަށްވަނީއެވެ." ޝަމީމް ލިޔުއްވާފައިވެއެވެ. 

ވުމާއެކު އަލަށް ގެނައި އިސްލާހާއި އެކު، ކުށުގެ ތުހުމަތުކުރެވޭ ކުއްޖާގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިރާސާކުރުމަށްފަހު، ޤާނޫނުގައިވާ ގޮތުގެ މަތިން ޑައިވަރޝަން ހިންގަން މަސައްކަތްކުރުމަށްފަހު، އެމަސައްކަތް ކުރަމުން ދަނިކޮށް، ދައުވާކުރުމުގެ މުއްދަތު ހަމަވާނަމަ، މުއްދަތު ހުއްޓުވުމުގެ ގޮތުން ދައުވާ ކުރާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. 

އަދި އެމަރްޙަލާގެ ތެރޭގައިވެސް އެއްބަސްވުން ހަދައި، ޑައިވަރޝަންއަށް ފޮނުވުމާމެދު ވާހަކަ ދެކެވޭނެ ކަމަށާ، އެގޮތަށް ހެދުމުން، ކުއްޖާއަށްވެސް، އެއްބަސްވުމަށް އައިސް، އިޞްލާޙުވުމަށް ބާރުއެޅުމަށް، އެކަމުގައި ގޮތެއް ނިންމުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަން ޝަމީމް ފާހަގަކުރެއްވިއެވެ. 

"ކުއްޖާއާއެކު އެއްބަސްވުމެއް ހެދިއްޖެނަމަ، މައްސަލަ އަނބުރާ ގެންނާނީއެވެ. އެއްބަސްނުވެވިއްޖެނަމަ، މައްސަލަ ކުރިއަށްދާނެއެވެ. އެއްބަސްވުމެއް ހަދައި، މައްސަލަ އަނބުރާ ގެނެސްފައި އޮއްވާ، ކުއްޖާ އެއްބަސްވުމާ ކުއްޖާ ޚިލާފުވެއްޖެނަމަ، އެމައްސަލަ އަލުން ކޯޓަށް ހުށަހަޅާނީއެވެ. މައްސަލަ ހުށަހަޅަން ބާރުލިބެނީ ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ގެނައި އިޞްލާޙުންނެވެ. އެގޮތަށް ހެދުމުން، ކުއްޖާއަށްވެސް ޑައިވަރޝަން ޕްރޮގްރާމް ފުރިހަމަކުރަން ބާރު އެޅޭނެއެވެ. ޑައިވަރޝަނާ ޚިލާފުވެއްޖެނަމަ، އެކަމުން ކުރިމަތިވާނެ ޤާނޫނީ ނަތީޖާއެއް އޮތްކަން ކުއްޖާއަށްވެސް އެނގޭނެއެވެ. އެކަން އެމަގުން ހިނގާނެވެސް މެއެވެ." ޝަމީމްގެ ލިޔުމުގައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.