ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ)--
ހަބަރު
20 Oct 2022 | 16:07
ނުކުޅެދޭ ކުއްޖަކު ރޭޕްކުރި ޅިޔަނަށް 18 އަަހަރުގެ ޖަލު ހުކުމެއް!

ނުކުޅެދުންތެރިކަން ހުންނަ އަންހެން ކުއްޖެއް ރޭޕްކުރުމުގެ ސަބަބުން އެކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެ އަންހެން ކުއްޖާގެ ޅިޔަނު، 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ސަބަބުން އެ ކުއްޖާ ބަލިވެ އިން މައްސަލާގައި އެކުއްޖާގެ ޅިޔަނު ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ) ފުލުހުން ހައްޔަރުކުރީ 2020 ވަނަ އަަހަރުގެ ޖުލައި ދެވަނަ ދުވަހުއެވެ.

އަދި ޖެންޑާރ މިނިސްޓްރީން ވަނީ ރޭޕް ކުރުމުގެ ސަބަބުން ބަނޑުބޮޑުވި ކުއްޖާ ދައުލަތަށް ނަގައި ޑޮކްޓަރުންގެ ލަފާއާއި އެއްގޮތަށް އޭނާގެ ބަނޑުގައި އޮތް ދަރިފުޅުވެސް ވަނީ އެބޯޓްކޮށްފައެވެ. ނަމަވެސް ފަހުން އެ ކުއްޖާ ވަނީ އާއިލާއާ ހަވާލު ކޮށްފަ އެވެ.

މި މައްސަލާގައި ޝާފިއުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލަ ބެލުމަށް ފަހު ކްރިމިނަލް ކޯޓުން ނިންމީ އޭނާ 18 އަހަރަށް ޖަލަށް ލާށެވެ. ނަމަވެސް އޭނާ ޖަލުގައި ހޭދަކުރި ދުވަހަށް ރިއާޔަތްކުރުމަށް ފަހު 15 އަހަރާއި އަށް މަހާއި 11 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައި ވެއެވެ.

ޝާފިއު ރޭޕް ކުރި ކުއްޖާ އަކީ ވަރަށް ބޮޑަށް އޯޓިޒަމް ހުންނަ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ. މެދު ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅޭ އެ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރުގެ ކަންތައް ނުޖެހި 3-4 މަސް ވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އާއިލާގެ އެދުމުގެ މަތިން ޓެސްޓު ހަދައި ބެލިއިރު އެ ކުއްޖާގެ ބަނޑަށް ވަނީ ތިން މަސްވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.