ތަކެތީގެ އަގު އުފުލެމުންދާތީ ކެލާގެ ގެއެއްގައި ދެ އަންހެނުން އިހުތިޖާޖު ކުރަނީ
ހަބަރު
20 Oct 2022 | 17:56
ކެލާ އަންހެނުން ތަކެތީގެ އަގު އަތްފޯރާފަށަށް ތިރިކުރީ ވާ ޖަހައިގެން!

ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ، ކެލާގެ ގެއެއްގައި ދެ އަންހެނުން ތަފާތު ގޮތަކަށް އިހުތިޖާޖުކޮށްފިއެވެ. 

އެ ދެ އަންހެނުން އިހުތިޖާޖު ކުރާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. 

އެ ވީޑިއޯގައި ފެނިގެންދަނީ އެ ގޭގައި އާންމުކޮށް ބޭނުންކުރާ ބައެއް ކާބޯތަކެތީގެ ބާވަތްތަކުގައި ވާޖަހާ ފިލާގަނޑެއްގައި އައްސާފައިވާތަނެވެ. އަދި އެ ފިލާގަނޑުގައި "އަތްފޯރާފަށުގައި"، މިފަދައިން ލިޔެފައިވެއެވެ. 

ފިލާގަނޑުގައި އައްސާފައި ހުރި ބައެއް ބާވަތްތަކުގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ މަސްދަޅާއި، ކިރާއި މައިލޯ ދަޅު އަދި ކައްކަން ބޭނުންކުރާ ތެޔޮ ފުޅި ހިމެނެއެވެ. ކާބޯތަކެތީގެ އަގުތައް އުފުލެމުންދާއިރު، މި ތަކެއްޗަކީ އަގަށް އެންމެ ބޮޑެތި ބަދަލުތައް އައި ބާވަތްތައްކަން ފާހަގަކޮށްލެވެއެވެ. 

ކާބޯތަކެތީގެ އަގު އުފުލެމުންދާތީ ކުރި އިހުތިޖާޖުގައި ބޭނުންކުރި ބޯޑު 

ކާބޯތަކެތީގެ އަގު އުފުލެމުންދާތީ ކަންބޮޑުވުން ފާޅުކުރި އަންހެނުން ބުނީ، ތަކެތީގެ އަގު އުފުލެމުންދާތީ ގެއަށް ބޭނުންވާ ސާމާނު ގަތުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި ތަކެތީގެ އަގުތައް ކޮންޓްރޯލެއް ނެތި އުފުލެމުން ދާ ދިއުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭކަމަށެވެ. 

"ކާބޯތަކެތީގެ އަގު ބޮޑުކަމުން މި އުޅެނީ އެއްޗެއް ނުގަނެވިގެން. ރައްޔިތުން ހަނާވަނީ. އެންމެން ނިކުމެ މި ނާގާބިލް ސަރުކާރު ބަދަލުކުރަން ވެއްޖެ"

ކާބޯތަކެތީގެ އަގު އުފުލެމުންދާތީ ކަންބޮޑުވުން ފާޅުކުރި އަންހެން މީހާ 

މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ކާބޯތަކެތީގެ އަގުތައްވަނީ 3.7 އިންސައްތައަށް މަތިވެފައެވެ. އަނެއްކޮޅުން އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށައަޅާފައެވެ. އެ ބިލު ފާސްވެއްޖެ ނަމަ މިހާރު ރައްޔިތުން އަތުން ނަގާ ޓެކްސް 6 އިންސައިން 8 އިންސައްތައަށް ބޮޑުވާނެއެވެ. 

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމާއެކު، ކާބޯތަކެތީގެ އަގުތައް މިހާރަށްވުރެ 2 އިންސައްތަ ބޮޑުވެގެންދާނެކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.