އީސީގެ ރައީސް ފުވާދު ތައުފީގް
ހަބަރު
20 Oct 2022 | 21:58
އިންތިޚާބުތަކުގެ ސުލޫކީ މިންގަނޑާ ޚިލާފްވާ މަންދޫބުންނަށް ފުރުސަތު ނުދެވޭ ގޮތަށް ހަދައިފި

އިންތިޚާބުތަކުގެ ސުލޫކީ މިންގަނޑާ ޚިލާފްވާ މަންދޫބުންނާއި އޮބްޒާވަރުންނަށް ފުރުސަތު ނުދެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހަމަޖައްސައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ގެނައި އިސްލާހުގައިވަނީ އިންތިޚާބީ ކުށެއް ވޭތުވެދިޔަ ފަސް އަހަރުތެރޭ ސާބިތުވެފައިވާ ނަމަ ނުވަތަ އިންތިޚާބުގެ ސުލޫކީ މިންގަނޑާ ޚިލާފްވެފައިވާ ކަމަށް އެ ކޮމިޝަނަށް ސާބިތުވެފައިވާ މީހުންނަށް މަންދޫބުންނާއި އޮބްޒާވަރުން ނުވަތަ މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ހުއްދަ ނުދިނުމުގެ ބާރު އެ ކޮމިޝަނަށް އޮންނާނެ ކަމަށެވެ.

އޭގެ ތެރޭގައި ދޮގު މައުލޫމާތު ދިނުމާއި ވޯޓުލާން މީހުންނަށް ހުރަސްއެޅުމާއި އެހެން މީހުންގެ ނަމުގައި ވޯޓުލުމާއި ވޯޓު ކަރުދާހުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

އިންތިޚާބުތަކުގައި ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނީޓަރުން އިންތިޚާބުތަކުގެ ސުލޫކީ މިންގަނޑަށް އަމަލުކުރަން ޖެހެ އެވެ. އެހެން ނަމަވެސް އެފަދަ ފިޔަވަޅެއް މީގެ ކުރިން އަޅާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ