ބައިނަލްއަގުވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއާއި އެފްއެޗްޓީއެސް ގުޅިގެން ހަރަކާތެއް ވަނީ ބާއްވާފައި
ހަބަރު
20 Oct 2022 | 23:19
ޝެފުންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

މިއަހަރުގެ ބައިނަލްއަޤުވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ޝެފުންގެ ޖަމްޢިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގުޅިގެން ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަސް ޝެފުންގެ ދުވަސް ފާހަގަކުރާއިރު، މި ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ކެއްކުމުގެ ފަންނުގެ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށް، އެ ފަންނު ކުރިއަރުވައި އަންނަން ހުރި ޖީލުތަކަށް އެ ފަންނު ފޯރުކޮށްދިނުން ކަމަށް އެހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ.

މި އަހަރުގެ ބައިނަލްއަޤުވާމީ ޝެފުންގެ ދުވަހުގެ ތީމްއަކީ "ގްރޯވިންގް އަ ހެލްތީ ފިއުޗާ" ނުވަތަ ދުޅަހެޔޮ މުސްތަޤުބަލެއް އާލާކުރުމެވެ. މި ތީމް މެދުވެރިކޮށް ފޯރުކޮށްދޭ މެސެޖަކީ އަންނާން ހުރި ޖީލުތަކަށް ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ދުނިޔެއެއް ކަށަވަރުކޮށްދިނުމެވެ. މި މަޤްސަދު ހާސިލުކުރެވޭނީ ކާނާއާއި ތިމާވެއްޓާ އޮންނަ ގުޅުން، ކުޑަކުދީންނަށް ކިޔައިދީގެންނެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ސީޖީއެމްއާއި އެފްއެޗްޓީއެސް ގުޅިގެން ކެންގަރޫ ކިޑްސް ޕްރީސްކޫލުގެ 900 ދަރިވަރުންނާއެކު ޚާއްސަ ހަރަކާތްތަކެއް މިއަދު ބޭއްވި އިރު، މި ހަރަކާތުގައި 3 ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން ހެލްތީ އީޓިންގް ނުވަތަ މިންހެޔޮކޮށް ކެއުމާ ބެހޭ ސެޝަނަކަށާއި, އާޓްސް އެންޑް ކްރާފްސް ސެޝަނެއްގެ އިތުރުން މިންހެޔޮކޮށް ކެއުން ތައްޔާރުކުރުމަށް ބާރުއެޅުމުގެ ގޮތުން ތަރުކާރީ ބޭނުންކޮށްގެން އޮމްލެޓް ހަދަން ދަސްކޮށްދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

މީގެ އިތުރުން ވެސް ބައިނަލްއަޤުވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ މެމްބަރުން ދަނީ ފާހަގަކޮށްލެވޭ އެކިއެކި ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ރޯޔަލް އައިލެންޑް ރިސޯޓުގެ ޝެފުން މި ހަފްތާގައި އެ ރިސޯޓުގައި ހާއްސަ ހަރަކާތްތަކެއް ހިންގިކަން އުފަލާއެކު ފާހަގަކުރަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.