ފޮޓޯ/ އަދަދު
ހަބަރު
22 Oct 2022 | 21:32
ނެއްލައިދޫން ޓޫރިޒަމް މިނިސްޓްރީގެ ޓީމަށް މަރުހަބާކީ ތަފާތު ގޮތަކަށް

ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނޭ ޓީމެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނެއްލައިދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ތަފާތު މަރުހަބާއެއް ކިޔައިފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ރާއްޖޭގެ ވަޒީރަކަށް މިފަދަ ތަފާތު ގޮތަކަށް މަރުހަބާކީ ފުރަތަމަ ފަހަރެވެ. އެ ދަތުރުގައި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރުގެ އިތުރުން ޓީމް ނެއްލައިދޫއަށް ވަޑައިގަތުމުން އެޓީމަށް މަރުޙަބާ ކިޔާފައިވަނީ "ޓޫރިޒަމް ނެތް ހދ.އަށް މަރުހަބާ"މިހެންނެވެ. މަރުހަބާ ކިޔަން ނިކުމެ ތިބި ފަރާތްތައް ވަނީ އެކި އެކި ވާހަކަތައް ލިޔެފައިވާ ޕޯސްޓަރުތައްވެސް ހިފައިގެންނެވެ.

އެގޮތުން އެއް ޕޯސްޓަރެއްގައިވަނީ "ކޮންމެ ރެއަކު ރަށަށް އަންނާތީ އަނބިމީހާއަށް އުނދަގޫވެއްޖެ" ކަމަށެވެ. އަދި "ޓުއަރިޒަމަށް 50 އަހަރު، ހދ. އަށް އަންނަ އަހަރު، މިއީ ހައްގު މިންވަރުތޯ،" ވެސް އެއް ބެނާގައި ލިޔެފައި ވެއެވެ.

މީގެ އިތުރުން ވައިކަރަމުރައިދޫގެ ޑައިވިން ސެންޓަރާއި، ހދ. އަތޮޅުގެ އެކި ރަށްރަށުގައި ވޯޓާ ސްޕޯޓްސް ހަރަކާތްތަކާއި، އަތޮޅުގެ ރަށްތަކުގައި ހުރި ރީތި ކުޅިތަކުގައި ކެނޯ ދުއްވުމާއި، އެ ހަރަކާތްތަކުން ޖީބަށް ޑޮލަރު ވަންނަ މަންޒަރުތައް ވަނީ ޓޫރިޒަމް މިނިސްޓަރަށް ދައްކުވައިދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.