ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް
ހަބަރު
23 Oct 2022 | 12:00
ރާއްޖޭގެ ސަރަހައްދުން އެންމެ އިންޗިއެއްވެސް "ބޮޑުބޭބެ" ބުނެގެން ދޫކޮށްނުލާކަން ސާބިތުކޮށްދީ: ގާސިމް

ދިވެހިރާއްޖޭގެ ސަރަހައްދުން އެންމެ އިންޗިއެއްޗެސް ދޫކޮށް ނުލާކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމަށް ސަރުކާރުގެ ހިއްސާދާރެއްކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ގާސިމް މިފަދައިން ގޮވާލައްވާފައިވަނީ ޗާގޯސް މައްސަލައާއި ގުޅިގެން އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތް ހާމަކުރައްވަމުންނެވެ. 

އެގޮތުން ގާސިމް ވިދާޅުވީ ރާއްޖޭގެ ބިމާއި ޖައްވާ ކަނޑުންވެސް އެންމެ އިންޗިއެއްވެސް ގެއްލުމަކީ ނުވަތަ ބަޔަކަށް ދިނުމަކީ ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު އެދޭނެ ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް ބައިނަލްއަގުވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ޙައްގެއް، އިމްތިޔާޒެއް ނުވަތަ ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ، ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެއްވެސް ފަރާތަކަށް ކުރެވިދާނެކަމެއްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގައިވެސް އެކަން އޮތް ގޮތްކަމަށް ގާސިމް ވިދާޅުވިއެވެ. 

އެ މައްސަަލައާއި ގުޅިގެން ގާސިމް އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއާއި ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، އޮތް ހަމައެކަނި ޙައްލަކީ "އިކުއިޑިސްޓޭންސް" ގެ އުސޫލް ކަމަށް ބަލައި، ބަޔަކު ހަމަ އެދޭ އިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މޮރޭޝިއަސްއާއި ރާއްޖޭގެ ސަރަހައްދު ފެނިގެންދާ ކުރެހުމެއް 

އެއީ އިން ވަކި ކުރަން ހުށަހެޅިފައިވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑު ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާއި، މިދިޔަ ބައިގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލުގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު (އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށް ދޭން ހުށަހަޅާފައިވާ) ތަނަކާ ދެމެދު އޮތް ސަރަޙައްދެއް ކަމަށް ވާތީކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އދގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލު ރާއްޖެއަށް ކްލެއިމް ކުރެވޭނެކަމަށެވެ. 

އެކަންކަން ފާހަގަކުރައްވާ ގާސިމް ވަނީ ދިވެހި ރައްޔިތުންގެ ހުއްދަ ހޯދުމަކާއި ނުލާ ރާއްޖޭގެ ސަރަހައްދުން އަކަ އިންޑިއެއްވެސް ބޭރު ބަޔަކަށް ނުދޭކަން ސާބިތުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެ މައްސަލައިގައި ސަރުކާރުގެ ނިންމުމަކީ އަވައްޓެރި އިންޑިއާގެ ނުފޫޒުން އެއްކިބާވެފައިވާ ނިންމުމެއްކަން ސާބިތުކޮށްދިނުމަށްވެސް ގާސިމް ވަނީ އެދިލައްވާފައެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި 

"ދިވެހިން އެދެނީ ދިވެހި ސަރުކާރުން، އިޚްލާޞްތެރިކަމާއިއެކު މިކަމުގެ ކަންކަން ކުރާ ތަން ފެނުން. ފީނެން އޮތް އެންމެ ފުނަކަށް ފީނާތަން ދެކުން. ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް "ބޮޑުބޭބެ" ގެ އެދުމަކަށް ދޫކޮށްނުލާކަން ސާބިތުކޮށްދިނުން"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

ސަރުކާރުގެ އެ ނިންމުމާއި ގުޅިގެން ރާއްޖޭގެ ސަރަހަށްދުން ބައެއް ގެއްލިދާނެކަމުގެ ނުތަވަސްކަން އުފެދި ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ސަރުކާރުން ވަނީ، ރާއްޖެއާއި މޮރޭޝިއަށްއާއި ދެމެދު އޮތް ސަހަރައްދުގެ މައްސަލައިގައި ސްޓޭޑް ބަދަލު ނުކުރާކަމަށް ބުނެފައެވެ. 

އެއާއެކުވެސް ޗާގޯސް މައްސަލައިގައި ސަރުކާރުން އަމަލުކުރާގޮތް މިހާރަށް ވުރެ ބޮޑަށް ދެ ފުށް ފެންނާނެހެން ކުރިއަސް ގެންދިއުމަށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެދިލައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.