އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް/ ފޮޓޯ: މަޖިލިސް
ހަބަރު
23 Oct 2022 | 22:07
ދެމެހެއްޓެނިވި ގޮތެއްގައި ސަބްސިޑީ ދެވޭނީ ޓެކްސް ބޮޑުކޮށްގެން: އަސްލަމް

ސަރުކާރުން ދޭ ސަބްސިޑީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކޮށްގެންކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ބިލާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވިސްނުން ހާމަކުރައްވާ އަސްލަމް ވިދާޅުވީ ޓެކްސް ބޮޑު ކުރުމާއިމެދު ޕީޖީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ޚިޔާލް ތަފާތުވުންތަކެއް ހުރިކަމަށެވެ.

އެހެން ނަމަވެސް ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމާފައިވަނީ އިޤްތިޞާދީ ގޮތުން ހުރި ގޮންޖެހުންތަކުން އަރައި ގަތުމަށްޓަކައި ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ދައުލަތުން ހިލޭ ފޯރުކޮށްދޭ ބޭސްފަރުވާއާއި ކަރަންޓުގެ ޚިދުމަތްވެސް ހެޔޮ އަގެއްގައި ފޯރޮކޮށްދެވެނީ ސަރުކާރުން ވަރަށް ބޮޑު އަދަދެއް ސަބްސިޑައިޒް ކޮށްގެން ކަމަށް މެމްބަރުން ވަކާލާތު ކުރައްވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ޓެކްސް ބޮޑުކުރަން ޖެހޭކަމަށެވެ. 

އަސްލަމް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ޚަރަދު ކުޑަކުރަން ބުނާއިރު، ބޮޑު ޚަރަދެއް ހިނގަނީ ސަބްސިޑީއަށްކަމަށް އަސްލަމް ވިދާޅުވިއެވެ. 

"ބައެއް މެމްބަރުން ވާހަކަ ދައްކާއިރުވެސް ވިދާޅުވަނީ ޚަރަދު ކުޑަކުރަން. ހަގީގަތުގައި މައިގަނޑު ބޮޑު ޚަރަދަކީ ކޮބައިތޯ. ދައުލަތުގެ މުސާރައާއި އިނާޔަތްތައް. އެންމެ ބޮޑު އެއް ކޮމްޕޯނަންޓް. ރިކަރެންޓް ޚަރަދަކީ އެންމެ ބޮޑު އެއް ކޮމްޕޯނަންޓް"

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް 

އަސްލަމް ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ބުނާއިރު، އެކި ސިނާއަތްތަކުން އެމީހުންގެ މުސާރަތައް ބޮޑުކުރުމަށް އެދެމުންދާކަމަށެވެ. އަދި އެކަންކަން ފުއްދާ ދިނުމަށް ޓެކްސް ނަގާ މިންވަރު އިތުރު ކުރަން ޖެހޭކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ވަނީ ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ.  

ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕިގައި ޚިޔާލު ތަފާތުވެފައިވާއިރު، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސްކުރަން އެމްޑީޕީން ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ.

އަދި ވިޕްލައިނާއި އެއްގޮތަށް އަމަލު ނުކުރާ މެމްބަރުންނާއި ދޭތެރޭގައި ފިޔަވަޅު އަޅާނެކަމަށް ޕީޖީ ގުރޫޕުގެ ލީޑަރޝިޕުން ވަނީ އިންޒާރުދެއްވާފައެވެ. 

ކޮމެންޓް
ޑިމަކުރަސީ
ސިޔާސީ ގޮތުން އަސްލަމް މެން މަޖާވަނީ. ނިކަމެތިން ޓެކްސް ބޮޑުވެ އަނގަޔާ އަތާ ދިމާނުވެ ހަނާވަނީ.
23 Oct 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.