އެފްއޭއެމްގެ ރައީސް ބައްސާމް
ހަބަރު
23 Oct 2022 | 22:41
އެފްއޭއެމް ހައުސް ގިނަ ބަޔަކު ބޭނުންކޮށްފައި، ބިލުތަކަށް ޒިންމާނުވާނަން: އެފްއޭއެމް

އެފްއޭއެމް ހައުސް މިދިޔަ މަސްތަކުގެ ތެރޭގައި ގިނަ ބަޔަކު ބޭނުންކޮށްފައިވާ ކަމަށާއި، އެ ހުރިހާ ބިލިތަކަށް ވާ ފައިސާގެ އަދަދަށް އެ އިދާރާއިން އެކަނި ޒިންމާ ނަގަން ނުޖެހޭނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

6.5 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ބުނެ ސްޓެލްކޯއިން ވަނީ އެފްއޭއެމް ހައުސްގެ ކަރަންޓު ކަނޑާލާފައެވެ. ސްޓެލްކޯއިން ބުނީ އެކުންފުންޏަށް ނުދައްކާ ހުރި ފައިސާ ދެއްކުމަށް އެފްއޭއެމަށް އެކި ފަހަރު މަތިން އަންގާފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް އެފްއޭއެމުން ކަރަންޓް ބިލް ދައްކާފައި ނުވާ ކަމަށެވެ. 

އެކަމާ ގުޅިގެން އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފްއޭއެމްގެ އިދާރާ، އެފްއޭއެމް ހައުސް މިދިޔަ މަސްތަކުގެ ތެރޭގައި ގިނަ ބަޔަކު ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑްގެ އާލަމީވަބާގެ ތެރޭގައި 2020 ވަނަ އަހަރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ވަނީ މި އިމާރާތް ބޭނުންކޮށްފައިވާ ކަމަށް އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އޭގެފަހުން ސްކައުޓް އެސޯސިއޭޝަންގެ އިދާރާ ހިންގުމަށް މިހާރުވެސް އިމާރާތް ބޭނުންކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެ ހުރިހާ ބިލްތަކަށް ވާ ފައިސާގެ އަދަދަށް އެ އިދާރާއިން އެކަނި ޒިންމާ ނަގަން ނުޖެހޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެފްއޭއެމްއިން ބުނީ އެކިއެކި ކަންކަމުގައި އިދާރާ ބޭނުންކުރާ ފަރާތްތަކަށް ނުބަލައި، މިއަދު ސްޓެލްކޯއިން އެ އިދާރާއާ ދޭތެރޭ އެޅި ފިޔަވަޅަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އޭގެ އިތުރުން ސްޓެލްކޯގެ އިހުމާލުން 2019 ވަނަ އަހަރާ ހަމަޔަށް 1.9 މިލިއަން ރުފިޔާ ކަރަންޓުގެ ހަރަދަށް ބިލް ކޮށްފައިވަނީ ނުބައިކޮށް ކަމަށް އެއްބަސްވެފައިވީ ނަމަވެސް، މިއަދާ ހަމަޔަށްވެސް އެ މައްސަލަ ހައްލުކުރަން ސްޓެލްކޯއިން މަސައްކަތް ނުކުރާ ކަމަށް އެފްއޭއެމުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.