ގާލޯ ރަތް ޖާރޒީގައި
ކުޅިވަރު
24 Oct 2022 | 10:09
ގާލޯ މަނާ ބޭހަށް ޕޮސިޓިވް، ވޯލްޑްކަޕް ގެއްލުން ގާތް

ފީފާގެ އެންޓި ޑޯޕިން ގަވާއިދުތަކާއި ހިލާފަށް މަނާ ބޭސް ބޭނުންކުރިކަން ސާބިތުވުމުން މިފަހަރުގެ ވޯލްޑްކަޕުގައި ވާދަކުރާ ކޮސްޓަ ރިކާގެ ކުޅުންތެރިއެއް ފީފާ އިން ސަސްޕެންޑުކޮށްފި އެވެ. 

ފީފާ އިން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައި ވަނީ ކޮސްޓަ ރިކާގެ ހުނަރުވެރި މިޑްފީލްޑަރ ކަމަށްވާ އޮލާންޑޯ ގާލޯ އެވެ. އުމުރުން 22 އަހަރުގެ ގާލޯ މަނާ ބޭހަށް ޕޮސިޓިވްވެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ކުރިޔަށްދިޔަ ޓެސްޓުތަކެއް ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. 

މިއީ ވޯލްޑްކަޕުގެ ކުރިން ކޮންމެ ގައުމެއްގެ ފެޑެރޭޝަނުން ވެސް ހަދަން ލާޒިމުކުރާ ޓެސްޓެކެވެ. އާންމުކޮށް މި ޓެސްޓުން މަނާ ބޭހަށް ޕޮސިޓިވްވަނީ މަދު ކުޅުންތެރިންތަކެކެވެ. 

ރިޕޯޓުތައް ބުނާގޮތުން ގާލޯ ޕޮސިޓިވްވެފައި ވަނީ ސްޓެރޮއިޑް އަށެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑްކަޕުގައި އޭނާއަށް ނުކުޅެވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. 

ފީފާގެ ތަރުޖަމާނު ރޮއިޓާސްއަށް ވިދާޅުވީ ފީފާގެ އެންޓި ޑޯޕިން ގަވާއިދުގައިވާ ގޮތުގެ މަތިން ކުޅުންތެރިޔާ އޯލަންޑޯ ގާލޯ ކަލްޑެރޯން ވަގުތީ ގޮތުން ސަސްޕެންޑްކޮށް އާދައިގެ މަތިން ފުރިހަމަކުރާ އުސޫލުތައް ފުރިހަމަކުރަމުން އަންނަ ކަމަށެވެ.

ވޯލްޑްކަޕުގައި ކޮސްޓަ ރިކާ ކުޅޭ ފުރަތަމަ މެޗުގައި ނޮވެމްބަރު 23 ވަނަ ދުވަހު ބައްދަލުކުރާނީ ސްޕެއިން އާއެވެ. މުބާރާތުގައި ކޮސްޓަ ރިކާ ހިމެނެނީ ގްރޫޕް އީ ގައެވެ. މި ގްރޫޕުގައި ކޮސްޓަ ރިކާ އާއި ސްޕެއިންގެ އިތުރުން ދެން ހިމެނެނީ ޖަރުމަނާއި ޖަޕާނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.