ޑރ މުނައްވަރު ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ފޮޓޯ: މި ނޫސް
ހަބަރު
24 Oct 2022 | 19:50
ސަރުކާރުން މޮރިޝަސްކޮޅަށް ޖެހުނީ ޑީލް ހަދައިގެން: ޑރ މުނައްވަރު

ޗާގޯސް މައްސަލައިގައި މި ސަރުކާރުން ސްޓޭންޑް ބަދަލުކޮށް މޮރިޝަސްކޮޅަށް ޖެހުނީ ސަރުކާރުގެ ޑީލްއެއް ހަދައިގެންކަމަށް ކުރީގެ ބަންޑާނަ ނައިބު، އަދި ރާއްޖޭގެ ސަރަހައްދު ކަނޑައެޅުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ޑރ މުހައްމަދު މުނައްވަރު ތުހުމަތުކުރައްވައިފިއެވެ. 

އެ މައްސަލައާއި ގުޅިގެން ޑރ މުނައްވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، މޮރިޝަސްއަށް ބޮޑު ސަރަހައްދެއް ލިބޭގޮތަށް، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމަށްފަހު އެކަން ދިފާއުކުރުމަށް އެއީ އިންޓަރނޭޝަނަލް ލޯގައި އޮތްކަމަށް ބުނި ނަމަވެސް އެއީ މުޅިން ތެދު ވާހަކައެއް ނޫންކަމަށެވެ. 

ގައުމުތަކުގެ ސަރަހައްދުތައް ކަނޑައަޅާއިރު، ފުށޫ އަރާ ސަރަހައްދެއް އޮތްކަމުގައ ވާނަމަ ބައި ކުރުމަކީ އޮންނަ ކަމެއް ނަމަވެސް އެއީ އެކަމުގައި އޮންނަ ހަމައެކަނި އުސޫލު ނޫންކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. އެގޮތުން ކަނޑުގެ ސަރަހައްދުން މަންފާ ހާސިލްކުރަނީ ކޮންބައެއްކަމަށްވެސް ރިއާޔަތް ކުރައްވާކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. 

އޭގެ އިތުރުން ޑރ މުނައްވަރު ވިދާޅުވީ އިގްތިސާދީ ސަރަހައްދު ކަނޑައަޅާ އިގްތިސާދީ ގޮތުން މަންފާތައް ހޯދަމުންދާ ގައުމުތަކުގެ މެދުގައިކަމަށެވެ. ރާއްޖެއަކީ މސްވެރި ގައުމެއް ނަމަވެސް މޮރިޝަސްއަކީ މަސްވެރި ގައުމެއް ނޫންކަމަށް ޑރ މުވައްވަރު ވިދާޅުވިއެވެ. އަދި މޮރިޝަސްއިން ކުރަމުންދާކަމަކީ އެ ގައުމުގެ ސިޔާދަތު ހިނގާ ސަރަހައްދުން މަސްވެރިކަން ކުރުމަށް އެހެން ގައުމުތަކަށް ހުއްދަ ދިނުންކަންވެސް ފާހަގަކުރެއްވިއެވެ. 

ޗާގޯސް މައްސަލަ މޮރިޝަސް ކޮޅަށް ނިމި، ސަރަހައްދު ބައިކުރަން ޖެހިއްޖެނަމަ ދިވެހިރާއްޖޭގެ ސަރަހައްދާއި ކައިރި ހިސާބުތަކުން ލޭނުއެޅުމުގެ ހުއްދަ މޮރިޝަސްއިން އެހެން ގައުމުތަކަށް ދޭނެ ކަމަށާއި، އެހިސާބުން އިޔާދަ ނުކުރެވޭ ގެއްލުންތަކެއް މިކަމުން ލިިގެންދާނެކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ޑރ މުވައްވަރު ވިދާޅުވީ މޮރިޝަސް މައްސަައިގައި މިހާ ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ދައުލަތުގެ ސްޓޭންޑް ބަދަލުކުރީ ޑީލް ހަދައިގެންކަމަށް ބެލެވޭކަމަށެވެ. ޑީލް ހެދީ ސީދާ ކޮން ގައުމަކާއި ކަން ނުދެންނެވި ނަމަވެސް މޮރިޝައަކީ އިންޑިއާއިން ކޮންޓްރޯލު ކުރާ ގައުމެއްކަން އެންމެންނަށްވެސް އެނގޭކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. 

"މިބޭފުޅުން ދުނިޔޭގެ ހަމައަކީ މިއޭ، ހަމަޔަށް ބައި ކުރަނީއޭ އެއީ ހެއްވާ ވާހަކަ. ތާކުން ތާކު ނުޖެހޭ ވާހަކަ، އޮޅުވާލަނީ، ޑީލު ހެދީ، ހެދީ އިންޑިއާ އާއި އެކުގައި ކަމެއް، އެހެން ގައުމަކާއި އެކުގައި ކަމެއް، ޕާސަނަލް ޑީލްކަމެއް، ދައުލަތުގެ ނަމުގައި ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެކަމު ޝައްކު ކުރެވެނީ މި ދެންނެވި ގޮތަށް ކަންތައް ދިޔައިމަ"

ޑރ މުހައްމަދު މުނައްވަރު 

ޑރ މުނައްވަރު ވިދާޅުވީ ޗާގޯސްގެ ސިޔާދަތު މޮރިޝަސްއަށް ދޭން ޖެހޭކަމަށް ބުނެ ދައުލަތުން ވަކާލާތު ކުރުމަކީ ދައުލަތަށް ބޮޑު ގެއްލުމެއް ވާނެކަމެއްކަމަށެވެ. އަދި އެފަދަ ގެއްލުމެއް ދޭން ބޭނުންނުވާނަމަ ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފަރާތްތައް އިސްތިއުފާދެއްވުމަށްފަހު ގެއަށް ވަޑައިގަންނަވަން ޖެހޭކަމަށް ޑރ މުނައްވަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. 

ކޮމެންޓް
Ismail wafir
ޑރ މުނަންވަރައް %100 އިތުބާރު ކުރަން، ދިވެހި ރައްޔިތުން ނިކުމެ ބޮޑު މުޒާހަރާ އެއް ބާއްވާކަށް އަދި ނުވޭ ހެއްޔެވެ
31 Oct 2022
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.