ޕްރޮފެސަރު ޕަޔަމް އަޚަވަން
ހަބަރު
25 Oct 2022 | 10:07
ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް

ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ގޮތަކުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށް މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ވިދާޅުވެއްޖެ އެވެ.

ޗާގޯސް މައްސަލައާއި ގުޅިގެން ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ވާހަކަ ދައަކަވަމުން ޕްރޮފެސަރު ޕަޔަމް އަޚަވަން ވިދާޅުވީ، ޗާގޯސް މައްސަލަ ކޮންމެ ގޮތަކަށް ނިންމިޔަސް ރާއްޖޭގެ އިގްތިސާދީ އިމުގެ ބައެއް ނުގެއްލޭނެ ކަމަށާއި، ކޮންމެ ގައުމެއްގެ ވެސް އިގްތިސާދީ ހާއްސަ ސަރަހައްދު ކަމުގައި ކަނޑައަޅާފައި އޮންނަ 200 މޭލު އެއްކޮށް އެ ގައުމަކަށް ލިބެނީ އެހެން ގައުމެއްގެ އިމާ ފުށުނާރާ ގޮތަށް އޮތުމުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މިސާލެއްގެ ގޮތުން ސްރީ ލަންކާ އާއި އިންޑިއާ އަށް ބައެއް ދޭންޖެހިފައި އޮތުން ފާހަގަކުރެއްވިއެވެ.

"ހަތަރުހާހެއްހާ ކިލޯމީޓަރުގެ މައްސަލަ މިއުޅެނީ. މޮރިޝަސްއިން ހުށަހަޅަނީ އިން ވަކިކުރަން ފަށާ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފްކަމަށް. އެކަމާ ރާއްޖެއިން ދެކޮޅު ހަދާ"

ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން

ޕަޔަމް ވިދާޅުވިގޮތުގައި، އިމުގެ މައްސަލަ ހައްލުކުރަން ޖެހެނީ މޮރިޝަސްއިން ހުށަހެޅި މައްސަލާގައި އައިސީޖޭގެ ނިންމުމަށް ބިނާކޮށް އިން ކަނޑައެޅުމުގައި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ހިޔާލު ތަފާތުވެ އެ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރު ވެއްޖެކަމަށެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގެ ކޭސް ވަރަށް ވަރުގަދަ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރާއްޖޭން ޓްރައިބިއުނަލްގައި ވަކާލާތުކުރަނީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވެފައެވެ.

އަޚަވަންގެ ވާހަކައިގައި މިއީ ވަކި ބަޔަކަށް މޮޅު ނުވަތަ ދެރަ ލިބޭފަދަ މައްސަލައެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި މީގައި ދެކޮޅުންވެސް ބޭނުންވާ ކަންކަން ހުށަހަޅާ ދެބައިމީހުންވެސް ކަންތައްތަކެއްގައި ދޫ ދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

ޕްރޮފެސަރު ވިދާޅުވީ ސުވާލަކީ ކޭސް ކާމިޔާބުވުމާއި ނުވުން ނޫން ކަމަށާއި ސުވާުލު އޮތީ މައްސަލަ އުފެދިފައިވާ ސަރަހައްދު ބަހާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ކަނޑައެޅުމާ މެދުގައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.