މިއުވާން މުހައްމަދު
ހަބަރު
25 Oct 2022 | 12:05
ޗާގޯސް މައްސަލައިގައި އިންޑިއާގެ ނުފޫޒެއްނެތް: ސަރުކާރު

ޗާގޯސް މައްސަލާގައި ގޮތެއް ނިންމުމުގައި އިންޑިޔާގެ ނުފޫޒެއް ނެތްކަމަށާއި ރާއްޖެއިން އަބަދުވެސް ތާއީދުކުރަނީ އިސްތިއުމާރާއި ދެކޮޅަށްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައާއި ގުޅިގެން ރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. 

މިމައްސަލައާއި ގުޅިގެން އިދިކޮޅުގެ ބައެއް މެންބަރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދިނުމުގައި ފޮރުވިފައިވަނީ ކޮން ކަންތައްތަކެއްތޯ ބެލުމަށް އިންކުއަރީއެއް ހެދުމަށްވެސް ގޮވާލައްވާފައެވެ. މިވާހަކަތަކަށް އިޝާރާތްކުރައްވައި މިއުވާން ވިދާޅުވީ މިއީ ޚާރިޖީ ސިޔާސަތެއް ބަދަލެއް އައިސްފައިވާ ނިންމުމެއް ނޫންކަމަށެވެ. 

"އެއްވެސް ގައުމެއްގެ ނުފޫޒެއް ނެތް. [ވަކި] އިންޑިއާ ނޫން އެހެން ގައުމެއްގެ ނުފޫޒެއް ނެތް. މިއީ ރާއްޖޭގެ އަމިއްލަ ސްޓޭންޑު،" 

މިއުވާން ވިދާޅުވި އެވެ.

އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން ރާއްޖެއިން މޮރިޝަސްއާއި އެއްކޮޅަށް ވޯޓުދިނުމަކީ ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތު ކުރަމުން ގެންދާ މައްސަލައިގެ ސްޓޭންޑަށް ބަދަލެއް އަންނާނެ ކަމެއް ނޫންކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މޮރިޝަސްއާއި އެއްކޮޅަށް މިމައްސަލާގައި ވޯޓު ދިނުމަށް ނިންމެވި ސަބަބަކީ ރާއްޖެއިން އަމަލުކުރަމުން އަންނަ އިސްތިއުމާރާއި ދެކޮޅު ޚާރިޖީ ސިޔާސަތު ދެމެހެއްޓުންކަމަށް ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން ވިދާޅުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.