އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ)
ހަބަރު
25 Oct 2022 | 13:20
ވަހީދު ރޮޒޭނާއަށް: ތިހާ ކޯފާވަނީ ޖީއެސްޓީ ބޮޑުކުރުމުގައި މާހިރުންގެ ހިޔާލު ހޯދާތީތޯ

ރައްޔިތުންގެ މަޖިލީހުގެ މުޅި ތާރީޚްގައި ވެސް މަޤާމުގައި ހުންނެވި އެންމެ ޚުދުމުހުތާރު މީހަކީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ރޮޒައިނާއަށް ރައްދުދެއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދުގެ ޚުދުމުހުތާރު ކަމުގެ ވާހަކަ ނުދައްކާ ދެން ތިބެވޭކަށް ނެތް ކަމަށެވެ. އަދި މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި އޮންނަވަރު ބާރެއް ލިބިވަޑައިގަންވާ ބޭފުޅެއް ނޫން ކަމަށާއި ރިޔާސަތުން ކަންތައް ކުރާ ގޮތުން މަޖިލީހުގައި މަސައްކަތް ކުރަން ވެސް އުދަނގޫ ވެފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ ވާަހަކަތަކަށް ރައްދުދެއްވައި ވަހީދު ވިދާޅުވީ، ރޮޒައިނާ ކޯފާ އިސްކުރައްވަނީ ޖީއެސްޓީ ބޮޑުކުރުމުގައި މާހިރުންގެ ޚިޔާލާ މަޝްވަރާ ހޯދަން ރައީސް ނަޝީދު ވިދާޅުވާތީ ސުވާލު ކުރައްވާފައެވެ.

" ރޮޒައިނާ މެންނާ އިދިކޮޅުވާހާ މެންބަރުން ސިފައިން ވައްދައިގެން ނުނެރޭތީތޯ ތިޔަހެން ތިޔަ ވިދާޅުވަނީ.؟ ނޫނީ ޖީއެސްޓީ ބޮޑުކުރުމުގައި މާހިރުންގެ ޚިޔާލާ މަޝްވަރާ ހޯދަން ރައީސް ނަޝީދު ވިދާޅުވާތީތޯ ތިހާ ކޯފާއެއް އިސްކުރައްވަނީ.؟ "

އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ)

ސަރުކާރުން ނިންމާފައި ވަނީ ގާނޫނަށް ބަދަލު ގެނެސްގެން ޓެކްސް ބޮޑު ކުރާށެވެ. މަޖިލީހުގައި ތިއްބަވާ ރައީސް ނަޝީދުގެ ފެކްޝަނުގެ ބައެއް މެންބަރުންނާއި އިދިކޮޅުން ގެންދަވަނީ ޓެކްސް ބޮޑު ކުރަން ދެކޮޅު ހަދަމުންނެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން، އިދިކޮޅު ޕީޕީއެމާއި ނަޝީދުގެ ފެކްޝަންގެ މެމްބަރުންނާއި ހޫނު ޒުވާބު ކުރަމުން ދިޔައިރު ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓުމަކީ ވާޖިބު ކަމެއް ކަމަށާއި ވަކި ސަރުކާރަކަށް ފަހިވާ ގޮތަށް އިޖުރާއަތުތައް ހިންގުމަކީކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ސަރުކާރުން ބޭނުން ވަނީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރާށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.