ވިލިމާލެ ކޮމިޔުނިޓީ ގާޑްން ގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުން- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
26 Oct 2022 | 14:55
ވިލިމާލެ ކޮމިޔުނިޓީ ގާޑްން ގައި މަސައްކަތްކުރާ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ވިލިމާލެ ކޮމިޔުނިޓީ ގާޑްން ގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް މާލޭ ސިޓީ ކައުންސިލުން ބާއްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވިލިމާލެ ދާއިރާގެ ކައުންސިލަރުގެ އިތުރުން ސިޓީ ކައުންސިލުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަނީ އަބަދުވެސް ރައްޔިތުންގެ އަޑުއަހައިގެން މަސައްކަތް ކުރަން ކަމަށެވެ. އެގޮތުން މި އަދާ ހަމަޔަށްއައި އިރު މިމައްސަލައިގަވެސް ކުރިއަށްދަނީ ހަމަ އެގޮތުގެ މަތިންކަމަށް މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ވިލިމާލެ ކޮމިޔުނިޓީ ގާޑްން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް މިތަނުން އެހެން ތަނަކަށް ބަދަލުވާންޖެހޭ ކަމަށް ދެންނެވިފައިވާކަމަށާި، މިއީ ވަގުތީ ތަނެއް ކަމަށްވެސް އޭރު ދެންނެވިފައިވާނެ ކަމަށެވެ.

އަދި ވަގުތީގޮތުން މިހާރުތިބި ތަނުގައި ތިބެން ޖެހުނު ކަމުގައިވިޔަސް އެ މަސައްކަތްކުރާ ފަރާތްތައް މަގުމަތި ނުކުރާނެ ކަމުގެ ޔަޤީންކަން މޭޔަރު މުޢިއްޒު ވަނީ ދެއްވާފައެވެ. އަދި މިއީ އެއްވެސް ވަރަކަށް ނޭނގި ކުއްލިއަކަށް އައި ކަމެއް ނޫން ކަމަށާއި،ވިލިމާލޭގައި ބޭއްވުނު 3 ބައްދަލުވުމެއްގައި މިކަމާއި ގުޅިގެން ބައެއް މަޝްވަރާތައް ކުރެވިފައިވާކަން މޭޔަރު ފާހަގަކުރެއްވެވިއެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކޮމިޔުނިޓީ ގާޑްންގައި މަސައްކަތްކުރައްވާ ފަރާތްތަކުން ހުށަހެޅުއްވި ކަންބޮޑުވުންތައް ބަލައި އެކަމަށް ހައްލެއް ގެނައުމަކީ އަމާޒެއް ކަމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.