ގެއްލުނު ސަންޗޭޒް މެދުގައި
ކުޅިވަރު
26 Oct 2022 | 21:29
ވޯލްޑްކަޕަށް ސްޕެއިން އިން ގަތަރަށް ދިޔަ މީހެއް އީރާނުން ގެއްލިއްޖެ

ސްޕެއިންގެ މެޑްރިޑުން ވޯލްޑް ކަޕް ބާއްވާ ގަތަރަށް ފައިމަގުގައި ދަތުރުކުރަމުން ދިޔަ މީހަކު އީރާނުން ވީނުވީ ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ. 

ސްޕެއިންގެ ރައްޔިތެއް ކަމަށްވާ ސެންޓިއާގޯ ސަންޗޭޒް ގެއްލުނުކަން އޭނާގެ އާއިލާއިން ކަށަވަރުކޮށްފައި ވާއިރު، ރިޕޯޓުތައް ބުނާގޮތުން އޭނާގެ ހަބަރެއް ނުވާތާ ތިން ހަފުތާ ވަނީ ވެފައެވެ. 

"ސްޕެއިންގެ ފޮރިން މިނިސްޓްރީން އަހަރެމެންނަށް މައުލޫމާތު ދީފި އޭނަ އީރާނުގައި ހައްޔަރުކޮށްފައިވާ ކަމުގެ 99 އިންސައްތަ ކަށަވަރުވެފައިވާ ކަމަށް، އަހަރެމެން މިހާރު މި ޔަގީންކުރަނީ އޭނަ އީރާނުގައި ހުރިކަން، އެކަން ވަރަށް ގާތުން ބަލަން" ސަންޗޭޒްގެ މަންމަ މީޑިއާތަކުގައި ބުންނެވެ.

ސަންޗޭޒް މަންމަ ބުނީ އުއްމީދު ނުގެއްލޭ ކަމަށާއި ބުރާސްފަތި ދުވަހު ސްޕެއިން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި އާއިލާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ސްޕެއިންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނުގެ ތެހެރާނުގައި ތިބި އެ ގައުމުގެ އިސް އޮފިޝަލުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށްދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. 

އިރާގާއި އީރާނުގެ ބޯޑަރު ހުރަސްކުރިތާ އެއް ދުވަސް ފަހުން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ސްޕެއިންގައި ދިރިއުޅޭ ސަންޗޭޒްގެ އާއިލާއަށް ގުޅުން ހުއްޓާލުމުން ސަންޗޭޒް އަށް ވި ގޮތަކާމެދު ބިރުވެރިކަން އެ އާއިލާއަށް އުފެދުނެވެ. އޭނާ ވަނީ އީރާނުގައި މުވާސަލާތު ކުރަން ދަތިވެދާނެ ކަމުގެ އިންޒާރު އާއިލާއަށް އޭގެ ކުރިން ދީފައެވެ.

އާންމުކޮށް ދަތުރުކުރާ ސަންޗޭޒް، އީރާނުގެ ވެރިރަށް ތެހެރާނަށް ދިއުމަށް ރާވާފައި ވަނިކޮށް ޓީވީ ސްޓޭޝަނަކުން އޭނާއާ އިންޓަވިއު ކުރަން ބޭނުންވި އެވެ. އޭނާގެ ކުރިއަށް އޮތް ފިޔަވަޅަކީ އީރާނުގެ ދެކުނުގައި އޮންނަ ބަނދަރެއް ކަމަށްވާ ބަންޑާރު އައްބާސް ގަތަރަށް ބޯޓެއްގައި އެރވުމެވެ. ނަމަވެސް ތެހެރާނަށް ދިއުމުގެ ކުރިން ވެސް އޭނާގެ އެއްވެސް ހިލަމެއް ނެތްކަމަށް އާއިލާއިން ބުނެއެވެ.

އޭނާ ގެއްލިގެން މައިންބަފައިން ރިޕޯޓް ކުރީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އެވެ. 

މިއީ ސަންޗޭޒް އީރާނުގައި ހޭދަކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މެޑްރިޑުން ސައުދީ އަރަބިއްޔާއަށް ދިއުމަށް 2019 ވަނަ އަހަރު ވެސް ފުޓުބޯޅަ ސަޕޯޓަރުން ވަނީ އެ ރާސްތާ ކަޑައްތުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.