އަރުޝަދު ޚާލިދު
ހަބަރު
26 Oct 2022 | 21:50
އަރުޝަދު، އިއްޔެ ހައްޔަރުކުރުމަށްފަހު މިއަދު ދޫކޮށްލައިފި!

މަސްތުވާތަކެތީގެ ވިޔަފާރިކުރާ އިސް މީހެއް ކަމަށް ފުލުހުން ބުނާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު އިއްޔެ ހައްޔަރު ކުރުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ. 

މި މައްސަލަ އާއި ގުޅިގެން މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ، އަރުޝަދު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ ބަންދު ދެމެހެއްޓޭ ވަރަށް ހެއްކާއި ގަރީނާ ފުލުހުންނަށް ލިބިފައިނުވާތީ މިއަދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރި މީހަކީ އަރުޝަދެވެ. 

މީގެ އިތުރުން 9 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްވެސް އަރުޝަދުގެ މައްޗަށް ވަނީ އުފުލައިފައެވެ. މިމައްސަލާގައި ކުށުގެ ވެށިން ގިނަ ޢަދަދެއްގެ ފައިސާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

އަރުޝަދު އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް އަރުޝަދުވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. ހައިކޯޓުންވަނީ އަރުޝަދު ހައްޔަރުކޮށްގެން ޝަރީޢަތަށް ޙާޟިރުކުރުމަށް 7 ޖޫން 2022 ވަނަ ދުވަހު އަމުރުކޮށްފައެވެ.

އެ އަމުރު ނެރެފައިވަނިކޮށް ދުބާއީން ޑިޕޯޓުކޮށްލުމުން ލަންކާއަށް އައުމަށްފަހު، އަނބުރާ ރާއްޖެއަށް އައުމުން ފުލުހުންވަނީ، މި މަހުގެ 10 ވަނަ ދުވަހުގައި އޭނާ ހައްޔަރުކޮށްފައެވެ. އަރުޝަދު ބަންދުކުރުމުން، 12 އޮކްޓޯބަރު ވަނަ ދުވަހުގެ ރޭ 7:45 އަށް، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރަން ހައިކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރިއެވެ.

އެހެންނަމަވެސް، އެރޭ 7:08 ގައި ފުލުހުންވަނީ އަރުޝަދު ބަންދުން ދޫކޮށްލާފައެވެ. އޭނާ ބަންދުން ދޫކޮށްފައިވާކަން އެނގުނީ އަރުޝަދުގެ ފަރާތުން އޭނާ ބަންދުން ދޫކުރި ލިޔުން ހައިކޯޓާ ހިއްސާކުރުމުންނެވެ. ފުލުހުން އޭނާ ދޫކޮށްލާފައިވާތީ އެ ކޯޓުން ނިންމީ އޭނާގެ ބަންދާ މެދު އިތުރަށް ގޮތެއް ނިންމެން ނެތް ކަމަށެވެ.

އެކަމަކު، އަރުޝަދު އަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުކުރަން ދައުލަތުން ބޭނުންވެއްޖެ ނަމަ، އެ ފުރުސަތު އޮންނާނެ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ. އަދި އަރުޝަދުގެ ޕާސްޕޯޓާއި އޭނާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ އިތުރު ލިޔުމެއް އޮތްނަމަ އެ ލިޔުމެއްވެސް ހިފަހެއްޓުމާއެކު، މާލެއިން ބޭރަށް އެއްވެސް ބޭނުމެއްގައި ދާނަމަ، އެކަން ކޯޓަށް އަންގައި ލިޔުމުން ހުއްދަ ހޯދުމަށް ހައިކޯޓުން އަމުރުކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.