ރައީސް ޔާމީން މިލަދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
26 Oct 2022 | 22:11
އެމްޑީޕީ އޮތީ ރައްޔިތުން ކުރިމަތީ ބަރަހަނާވެފަ: ރައީސް ޔާމީން

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ މިހާރު އޮތީ ރައްޔިތުންގެ ކުރިމަތީ ބަރަހަނާވެފައިކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީއަށް ތާއީދުކުރަމުންދިޔަ ގިނަ ބަޔަކު އެ ޕާޓީ ދޫކޮށް، ޕީޕީއެމްއާއި ގުޅެން މެދުވެރިވާ ސަބަބުތަކަށް އަލިއަޅުވާލައްވާ މިލަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަން ބަދަލުކޮށް ރައްޔިތުންނަށް ނުލިބި ހުރި އެތައް ހައްގުތަކެއް ހޯދާދިނުމަށް އެމްޑީޕީ ވުޖޫދައް ގެނެސް ކުރި މަސައްކަތަށް ރާއްޖޭގެ އެކި ކަންކޮޅުން ތާއީދުކޮށްފައިވާކަމަށެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް އެމީހުންނަށް ދީފައިވާކަމަށެވެ. 

އެހެން ނަމަވެސް ރައްޔިތުންނަށް ހައްގުތައް ހޯދާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެމްޑީޕީއަށް ފުރުސަތު ދިނުމުން، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެމްޑީޕީ ނުކުޅެދިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އިދިކޮޅުގައި ތިއްބަވައިގެން މިއަދު ޕީޕީއެމްއިން ކުރާ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްކަމަށާއި އަދި އެކަން ކުރަނީ ސުލްހަވެރިކަމާއެކު އަޑުއުފުލުލައިގެންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

އެހެން ނަމަވެސް ޑިމޮކްރަސީ ރާއްޖޭގައި އޮންނަން ޖެހޭކަމަށާއި، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ރައްޔިތުންނަށް އޮންނަން ޖެހޭކަމަށް އެންމެ ހަރުއަޑުން ވަކާލާތު ކުރި ފަރާތްތަކަށް އެކަން ކަށަވަރުކޮށްދިނުމަށް ފުރުސަތު ލިބުމުން އަމަލުކުރަމުންދަނީ ދިމާ އިދިކޮޅަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އިދިކޮޅު ގެ މުޒާހަރާއަށް ނިކުންނަ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް އެތައް އަނިޔާއެއްދީ ރައްޔިތުންނަށް ގާނޫނު އަސާސީއިން ލިބިދޭ ޚިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސް އަޅަމުންދާކަން ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

އެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއިން ދެއްކި ވާހަކަތަކާއި އަމަލާއި ދިމާނުވާތީ، އެ ޕާޓީ މިއަދު ރައްޔިތުން ކުރިމަތީ ފަޟީހަތްވެފައިވާކަމަށެވެ. އަދި އެ ޕާޓީ މިހާރު އޮތީ ރައްޔިތުންގެ ކުރިމަތީ ބަރަހަނާވެފައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.