އަބްދުﷲ ރަޝީދުގެ މަންމަ ނޫސްވެރިންނަށް މައުލޫމާތު ދެނީ
ހަބަރު
27 Oct 2022 | 17:34
މަރުގެ މައްސަލަ ބަލާކަށް ބޭނުމެއް ނޫން؛ ބޭނުމީ ދަރިފުޅުގެ މަސްގަނޑު: އަބްދުﷲ ގެ މަންމަ

މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ގދ.ހޯޑެއްދޫއިން ހައްޔަރުކުރި ރަޝީދުގެ މަރުގެ މައްސަލަ ބަލަން ބޭނުން ނުވާ ކަމަށާ، ބޭނުންވަނީ އޭނާގެ މަސްގަނޑު ވޭހާވެސް އަވަހަށް ވަޅުލާން ކަމަށް އޭނާގެ މަންމަ ބުނެފިއެވެ. 

ރަޝީދުގެ ނިޔާވިތާ ދެދުވަސް ވީއިރުވެސް ވާނުވާއެއް ނާންގާ އޭނާގެ މަސްގަނޑު މޮޗަރީއަށް ލާފައި އޮތުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކޮށް މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަމުން ރަޝީދުގެ މަންމަ ވަނީ، އޭނާ ހައްޔަރު ކުރި ދުވަހު ކަންތައްތައް ހިނގައިދިޔަގޮތް ކިޔައިދީފައެވެ. 

"ލޯންޗަށް އެރުވިތަނާ އޭނަގެ މޭގައި ރިއްސަންފެށީ. މޭގައި ރިއްސަން ފަށައިގެންގޮސް ހަމަ އެގައި އެނބުރުނީ. އެނބުރި އެނބުރިވެސް. ތިމަންނަ ހޮސްޕިޓަށް ގެންގޮސްދޭށޭ، ތިމަންނަ މި މަރުވަނީއޭ މެއަށް ތަދުވެގެން. (ފުލުހުން ބުނީ) ކަލޭ ތި ޖައްސަނީ ފޭކޭ." ރަޝީދުގެ މަންމަ ބުންޏެވެ. 

އެހިސާބަށް ކަންތައްތައް ދިޔުމުން އެރަށު ކައުންސިލްގެ ނާއިބު ރައީސް އާއި،ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި، ހޯޑެއްދޫ ހޮސްޕިޓަލު މެނޭޖަރުވެސް އެ ތަނަށް ދިޔަ ކަމަށާ، އަދި ރަޝީދު ހޮސްޕިޓަލަށް ގެންދެވެން ނެތް ނަމަ، އެ ތަނަށް ޑޮކްޓަރ ގެނެސްދެވޭނެ ކަމަށްވެސް ހޮސްޕިޓަލު މެނޭޖަރު ބުނި ކަމަށްވެސް ރަޝީދުގެ މަންމަ ބުންޏެވެ. އެހެން ނަމަވެސް، އެގޮތަށްވެސް އެއްބަސް ނުވެ، އެގޮތުގައި ދެ ގަޑިއިރުވެ ދިޔަފަހުުން އޭނާ ނިޔާވި ކަމަށާ، ނިޔާވުމުންވެސް ނިޔާވި ޚަބަރުވެސް ޢާއިލާއަށް ނުދީ، މަޑަވެލީ ހޮސްޕިޓަލަށް އޭނާގެ ހަށިގަނޑު ލުމަށްފަހު ފުލުހުން ދިޔައީ ކަމަށްވެސް ރަޝީދުގެ މަންމަ ބުންޏެވެ. 

ރަޝީދުގެ މަންމަ އިތުރަށް ބުނީ، ރަޝީދު ނިޔާވިކަން އެނގުނީ މަޑަވެލިން މީހަކު ގުޅާފައި ބުނުމުން ކަމަށާ، އޭނާ މަޑަވެއްޔަށް ގެންދިޔަ ލޯންޗުގެ  ލޯންޗުތެރޭގައި ވެސް ވަރަށް ރޯ އަޑު އިވުނު ކަމަށް ލޯންޗުގައި ތިބި މީހުންގެ ފަރާތުން މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެގޮތުގައި އެތައް އިރެއް ވުމަށްފަހު، ހުއްޓި ޖެހި، އަނގައިން ފޮނު އަރާފައި ނިޔާވި ކަމަށް ލޯންޗުގައި ތިބި މީހުންގެ ފަރާތުން ކިޔައިދިން ކަމަށްވެސް ރަޝީދުގެ މަންމަ ވަރަށް އަސާރާއި އެކު މީޑިއާތަކަށް ކިޔައިދިނެވެ.

"ރަށުގައި ހުއްޓާވެސް ބުނި ޕޯސްޓްމޯޓަމް ހަދާ ވާހަކަ. އަޅުގަނޑު ބުނިން ބޭނުމެއް ނޫނެ އަޅުގަނޑުމެންނެއް ދަރިފުޅަށް ދެން އިތުރު އެއްވެސް އަނިޔާއެއް ދޭކަށް. ދެން އަޅުގަނޑުމެން ބޭނުމީ އޭނާ ކަފުން ކޮށްފައި ވަޅުލާށޭ. އެކަމަކު ހަމަ މިތާ ބައިތިއްބައިގެން. މިތަނަށްވެސް (ރަޝީދުގެ ހަށިގަނޑު އޮތް ތަން) ވަނަ ނުދޭ. ކޮން މައެއްގެ ހިތައްތަ، މަސްގަނޑު މިތާ ބާއްވާފައި ގޮސް ގޭގައި ނިދަން އޮވެވޭނީ. އެމީހުންނަށްވެސް އެނގޭނީ އެމީހުންނަށް ޖެހުނީމާ ވާނެގޮތް." ރަޝީދުގެ މަންމަ ބުންޏެވެ.  

ރަޝީދުގެ މަންމަ ތަކުރާރުކޮށް އާދޭހާއެކު ބުނަމުން ދިޔައީ އޭނާގެ ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު އަވަހަށް ހަވާލުކޮށް ދިނުމަށެވެ. އަދި އެއްވެސް ތަނެއްގައި ރަޝީދުގެ މަރުގެ މައްސަލަ ޖައްސަން ބޭނުންވެސް ނުވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ. 

ރަޝީދުގެ ހަށިގަނޑު އަދިވެސް މޮޗަރީގައި އޮތް އިރު، އޭނާގެ މަރާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ޕްރައިމަރިލީ އިންވެސްޓިގޭޓިންގ އެޖެންސީ އަކީ މިހާރު އެންއައިސީ ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅޭ ގޮތުން ހިންގާ މުއާމަލާތްތަކާއި މައުލޫމާތު ހާމަކުރާނީ އެންއައިސީން ކަމަށާ އެކަން އެގޮތަށް ކުރަން ފުލުހުންނާއި އެ ކޮމިޝަނުން އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ އިތުރަށް އެއްވެސް މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.