މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ: މަޖިލިސް
ހަބަރު
27 Oct 2022 | 21:08
އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޢާއިލާއާއި ހަވާލުކުރުމަށް ޠާރިގު ގޮވާލައިފި

މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ގދ.ހޯޑެއްދޫއިން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނިކޮށް ނިޔާވި، ރަޝީދުގެ ހަށިގަނޑު ޢާއިލާއާއި ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ގޮވާލައިފިއެވެ. 

ރަޝީދުގެ ނިޔާވިތާ ދެދުވަސް ވީއިރުވެސް ވާނުވާއެއް ނާންގާ އޭނާގެ މަސްގަނޑު މޮޗަރީއަށް ލާފައި އޮތުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ޕޯސްޓްމޯޓަމް ނުހަދައި، އޭނާގެ ހަށިގަނޑު ޢާއިލާ އާއި ހަވާލުކުރުމަށް ރަޝީދުގެ މަންމަ އާއި ޢާއިލާއިން ތަކުރާރުކޮށް ފުލުހުންގެ ކިބައިން އަންނަނީ އެދެމުންނެވެ. އެހެންނަމަވެސް، މިހާތަނަށްވެސް ރަޝީދުގެ ހަށިގަނޑު އޮތީ ގަލޮޅު މޮޗަރީގައެެވެ.  

އެކަމާއި ގުޅިގެން ޓޮމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މައްޔިތާގެ ހަށިގަނޑަކީ އާއިލާގެ އެއްޗެއް ކަމަށެވެ. 

"އެއީ ދައުލަތުގެ އެއްޗެއްނޫން. ޝެެއިޚް އިމްރާނަކަށް ނުވަތަ ސީޕީ ހަމީދަކަށް އާއިލާގެ ނުރުހުމުގައި ހަށިގަނޑުފަޅާ، ގުނަވަންތަށް ނަގާ ނުހެދޭނެ. ކަށުކަމާކެމީގެ ކަންތައްތަކަށް މައްޔިތާގެ ހަށިގަނޑު ހަވާލުކުރުމަށް ގޮވާލަން." ޓޮމް ވިދާޅުވިއެވެ. 

ރަޝީދުގެ ހަށިގަނޑު ޢާއިލާއައި ހަވާލު ނުކޮށް، ޢާއިލާގެ ނުގަބޫލުގައި ޕޯސްޓްމޯޓަމް ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަންބޮޑުވުންފާޅުކޮށް އޭނާގެ އާއިލާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޝީދު މަންމަ ވަނީ، ރަޝީދުގެ މަރުގެ މައްސަލަ ބަލަން ބޭނުން ނުވާ ކަމަށާ، ބޭނުންވަނީ އޭނާގެ މަސްގަނޑު ވޭހާވެސް އަވަހަށް ވަޅުލާން ކަމަށް ބުނެފައެވެ. 

"ރަށުގައި ހުއްޓާވެސް ބުނި ޕޯސްޓްމޯޓަމް ހަދާ ވާހަކަ. އަޅުގަނޑު ބުނިން ބޭނުމެއް ނޫނެ އަޅުގަނޑުމެންނެއް ދަރިފުޅަށް ދެން އިތުރު އެއްވެސް އަނިޔާއެއް ދޭކަށް. ދެން އަޅުގަނޑުމެން ބޭނުމީ އޭނާ ކަފުން ކޮށްފައި ވަޅުލާށޭ. އެކަމަކު ހަމަ މިތާ ބައިތިއްބައިގެން. މިތަނަށްވެސް (ރަޝީދުގެ ހަށިގަނޑު އޮތް ތަން) ވަނަ ނުދޭ. ކޮން މައެއްގެ ހިތައްތަ، މަސްގަނޑު މިތާ ބާއްވާފައި ގޮސް ގޭގައި ނިދަން އޮވެވޭނީ. އެމީހުންނަށްވެސް އެނގޭނީ އެމީހުންނަށް ޖެހުނީމާ ވާނެގޮތް." ރަޝީދުގެ މަންމަ ބުންޏެވެ.  

ޢާއިލާއިން އެފަދައިން އެދުނު ނަމަވެސް، އެ މައްސަލާގައި އިތުރު މައުލޫމާތު ދިނުމަށް އުޒުރުވެރިވެ ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ޕްރައިމަރިލީ އިންވެސްޓިގޭޓިންގ އެޖެންސީ އަކީ މިހާރު އެންއައިސީ ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅޭ ގޮތުން ހިންގާ މުއާމަލާތްތަކާއި މައުލޫމާތު ހާމަކުރާނީ އެންއައިސީން ކަމަށާ އެކަން އެގޮތަށް ކުރަން ފުލުހުންނާއި އެ ކޮމިޝަނުން އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ އިތުރަށް އެއްވެސް މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.