އެންއައިސީގެ މެމްބަރުން
ހަބަރު
28 Oct 2022 | 09:31
އެންއައިސީން ރަޝީދުގެ އާއިލާގެ އަޑެއް ނޭހި؛ ބުނީ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް!

ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި ރަޝީދުގެ ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު ހަވާލުކުރުމަށް ޢާއިލާއިން އެދެމުން ދަނިކޮށް އޭނާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ބުނެފިއެވެ.

ރަޝީދުގެ މަރާއި ގުޅިގެން ފުރަތަމަ ފަހަރަށް އިންޓަގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރަޝީދުގެ މަރުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް އެކޮމިޝަނުން ޖިނާއީ ތަހްގީގެއް ފަށާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހްގީގު ކުރިއަށް ގެންދަނީ ފުލުހުންނާއި ގުޅިގެން ކަމަށާއި ނަމަވެސް މައްސަލައިގައި ލީޑިން އިންވެސްޓިގޭޓަރެއްގެ ދައުރު އަދާކުރާނީ އިންޓަގްރިޓީ ކޮމިޝަނުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި  މިތަހްގީގުގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ކޮމިޝަންގެ ތަހްގީގަށް އެހީތެރިވެދިނުން ކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، "މިމައްސަލައިގައި އިންސާފަށް ވާސިލްވުމަށް މުހިއްމު ކަމަކަށް ވާތީ ތަހްގީގު ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން ރަޝީދުގެ ޕޯސްޓްމޯޓަމް ނިންމާފައިވާ" ކަމަށެވެ.

އެންއައިސީން ރޭ މިފަދައިން ބުނެފައިވާއިރު، ރަޝީދުގެ ހަށިގަނޑު ޢާއިލާއައި ހަވާލު ނުކޮށް، ޢާއިލާގެ ނުގަބޫލުގައި ޕޯސްޓްމޯޓަމް ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަންބޮޑުވުންފާޅުކޮށް އޭނާގެ އާއިލާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޝީދު މަންމަ ވަނީ، ރަޝީދުގެ މަރުގެ މައްސަލަ ބަލަން ބޭނުން ނުވާ ކަމަށާ، ބޭނުންވަނީ އޭނާގެ މަސްގަނޑު ވޭހާވެސް އަވަހަށް ވަޅުލާން ކަމަށް ބުނެފައެވެ. 

"ރަށުގައި ހުއްޓާވެސް ބުނި ޕޯސްޓްމޯޓަމް ހަދާ ވާހަކަ. އަޅުގަނޑު ބުނިން ބޭނުމެއް ނޫނެ އަޅުގަނޑުމެންނެއް ދަރިފުޅަށް ދެން އިތުރު އެއްވެސް އަނިޔާއެއް ދޭކަށް. ދެން އަޅުގަނޑުމެން ބޭނުމީ އޭނާ ކަފުން ކޮށްފައި ވަޅުލާށޭ. އެކަމަކު ހަމަ މިތާ ބައިތިއްބައިގެން. މިތަނަށްވެސް (ރަޝީދުގެ ހަށިގަނޑު އޮތް ތަން) ވަނަ ނުދޭ. ކޮން މައެއްގެ ހިތައްތަ، މަސްގަނޑު މިތާ ބާއްވާފައި ގޮސް ގޭގައި ނިދަން އޮވެވޭނީ. އެމީހުންނަށްވެސް އެނގޭނީ އެމީހުންނަށް ޖެހުނީމާ ވާނެގޮތް." ރަޝީދުގެ މަންމަ ބުންޏެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.