ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި މޭޔަރު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ.
ހަބަރު
28 Oct 2022 | 14:32
ނޫމަޑި މައްސަލަ: "އަޅުގަނޑެއް ގާނޫނާއި ޚިލާފް ކަމެއް ނުކުރަން؛ ނުވެސް ކުރާނަން"

ގާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރަން ކަމަށާ، އަދި ނުވެސް ކުރާނަން ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މުޢިއްޒު މިފަދައިން ވިދާޅުވީ، ރޭ ދިވެހި ޗެނަލުން ގެނެސްދިން "ހަވާސާ" ޕްރޮގްރާމްގައި ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިން ކަމަށް ތުހުމަތުކޮށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން މުޢިއްޒު ވިދާޅުވީ އެ މައްސަލަ އަކީ މިވަގުތު ކޯޓުގައި ކުރިއަށްދާ މައްސަލަ އަކަށްވާތީ އެކަމުގެ ތެރެއަށް ވަދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

"ދެން ޖުމްލަ ގޮތެއްގައި ދަންނަވާ ނަމަ، އަޅުގަނޑެއް އެއްވެސް ތާކު ދޮގެއް ނުހަދަން. އަޅުގަނޑެއް ގާނޫނާއި ޚިލާފް އެއްވެސް ކަމެއް ނުކުރަން. ނުވެސް ކުރާނަން." 

މޭޔަރ ޑރ. މުހައްމަދު މުއިއްޒު 

ދައުލަތުން ޑރ މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައި ވަނީ 25 ޖޫން 2019 ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށް ބުނެއެވެ. 

އެ މައްސަލާގައި ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން މުއިއްޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތަކެއް ވަނީ ހުށަހަޅުއްވާފައެވެ. 

އެގޮތުން ހުށަހެޅުއްވީ އެ ދައުވާއަކީ ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައެޅުމަށެވެ. އެގޮތަށް ކަނޑައަޅުއްވައި ދެއްވުމަށް މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވީ ދައުލަތުން ހުށަހެޅި މައްސަލައިގައި ދައުލަތުން ތުހުމަތު ކުރާ ކުށް މުއިއްޒު ކުރެއްވި ތަނެއް ދައުވާގައި ބުނެފައި ނުވާތީއެވެ. މުއިއްޒުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ އޭނާ ދޮގު ބަޔާން ދިން ކަމަށް ދައުލަތުން ތުހުމަތު ކުރާނަމަ އޭނާ އެ ކުށް ކުރި ތަނެއް ދައުލަތަށް ބުނެދެވެން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ދައުވާގައި އެކަން ބުނެދެވިފައި ނުވާތީ އެ ދައުވާއަކީ ކުރިއަށް ގެންދެވިދާނެ ދައުވާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުއިއްޒުގެ ފަރާތްޕުޅުން ވަނީ ފާހަގަ ކޮށްފައެވެ. އެހެންނަމަވެސް މުއިއްޒުގެ ހުށަހެޅުއްވުން ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު އެ ހުށަހެޅުންތައް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.