Advertisement

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް

ފޮޓޯ/ ވީނިއުސް

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން)ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 14:00ގެ ނިޔަލަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި ވައިޓް އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް  ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވޭތީ އާންމުކޮށް ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓުން އިލްތިމާސްކުރައްވައެވެ.

Advertisement

ކޮމެންޓް

Advertisement