ބަލި މީހުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ބޭއްވި މަހާސިންތާ
ހަބަރު
29 Oct 2022 | 12:26
ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން މަހާސިންތާ ބާއްވައިފި

ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި ބޭއްވުނު ފުރަތަމަ މަހާސިންތާ ބާއްވައިފިއެވެ.

ގިނަ އަދަދެއްގެ ބައިވެރިންނާއެކު އޮކްޓޯބަރު 23-27 އަށް ބޭއްވި މިމަހާސިންތާގެ މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމާބެހޭ ދުވަހުގެ ޝިއާރަކީ "ގެއްލުމާއި ނުލާ ބޭސްފަރުވާ" މިއެވެ. އަދި މި މަހާސިންތާގެ ޝިއާރަކީ "ބަލިމީހުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުން ފެށެނީ އަހަރެންނާއި ހަމައިން" މިއެވެ.

ޑަބްލިޔު.އެޗް.އޯއާއި ގުޅިގެން 23 އޮކްޓޯބަރ 2022 ގައި ފެށުނު މި ޤައމީ މަހާސިންތާގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދްމަތްތެރިން ބައިވެރިވެފައިވެއެވެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓްރީ ޓެކްނީޝަނުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި އަދި ޞީއްޙީ ދާއިރާގެ އެކިއެކި ފަންނީ ލެކްޗަރާއިން ވަނީ މިމަހާސިންތާގައި ބައިވެރިވެފައެވެ. މި މަހާސިންތާގައި މައުލޫމާތު ދެއްވާފައިވަނީ ރާއްޖެއިން 12 ކަމާގުޅޭ މާހިރުންނާއި ރާއްޖެއިން ބޭރުން 21 ފަރާތުންނެވެ.

މަހާސިންތާގެ ޖަލްސާތަކަށް މާލެ ހިމެނޭ ގޮތަށް ކޮންމެ އަތޮޅަކުން 2 ފަރާތުން ބައިވެރިވެފައިވާޢިރު، މާލެ ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލްތަކުން 3-7 އަދަދަށް ޞިއްޙީ ޚިދްމަތްތެރިން ބައިވެރިވެފައިވެއެވެ. ވާޗުއަލްކޮށް މިމަހާސިންތާގައި ބައިވެރިވެފައިވަނީ ޞިއްޙީ ޚިދްމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދްމަތްތެރިންނެވެ.

މިމަހާސިންތާގައި ބަލިމީހުންގެ ރައްކާތެރިކަމާއި، ރައްކާތެރި ގޮތުގައި ބޭސް ދިނުމާއި، ގެއްލުމާއި ނުލާ ބޭސް ދިނުމާއި، އިންފެކްޝަނުން ރައްކާތެރިވުމާއި އަދި ކޮންޓްރޯލް ކުރުމާއި، ޞިއްޙީ ޚިދްމަތްދޭ ތަންތަނުން ޖެހޭ އިންފެކްޝަން މޮނިޓަރ ކުރުމާއި، ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައި އުފެދޭ ކުނި މެނޭޖްކުރުމާއި، ޞިއްޙީ ޚިދްމަތްދޭ އާލާތްތައް ރައްކާތެރިކުރުމާއި، ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ފަރމަސިސްޓުންގެ މުހިންމުކަމާއި ބޭނުންތެރިކަން، ސަރގަރީތަކުގެ ރައްކާތެރިކަމަށް ބޭނުންކުރާ ސަރޖިކަލް ޗެކްލިސްޓަށް އަހުލުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ އެކިއެކި ކޯސްތަކުގެ ކަރިކިއުލަމްގއި އިންފެކްޝަނުން ރައްކާތެރިވުމާއި އަދި ކޮންޓްރޯކް ކުރުމާއި ބެހޭ ކަންކަން ހިމެނުމުގެ މުހިއްމު ކަމާއި، ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭ ހާދިސާތައް ރިޕޯރޓް ކުރުމާއި އަދި އެފަދަ ހާދިސާތަކުން ދަސްކުރާނެ ނިޒާމްތަކާއި އަދި "ޕޮއިންޓް އޮފް ކެއަރ" ކޮލިޓީ ހިފެހެއްޓުމާއި ގުޅޭގޮތުން ނެގިފައިވާ ފިޔަވަޅުތަކުން ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން މި މަހާސިންތާގައި މަޝްވަރާ ކުރެވިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.