ގައިދީން ޑޮކްޓަރަށް ދެއްކުމުގެ ޕްރޮގްރާމްގައި ކަރެކްޝަންސްގެ އިސްވެރިން ހަރަކާތްތެރިވަނީ
ހަބަރު
29 Oct 2022 | 12:38
ގައިދީން ޑޮކްޓަރުންނަށް ދެއްކުމުގެ ޚާއްސަ ޕްރޮގްރާމެއް

ޖަލުގައި ތިބި ގައިދީންގެ ތެރެއިން ސްޕެޝަލިސްޓް ޑޮކްޓަރުންނަށާއި ސިއްހީ އެކިއެކި ޓެސްޓްތައް ހަދަން ޖެހިފައި ތިބި މީހުނަށް ފަރުވާ ދިނުމަށް "އޮޕަރޭޝަން ހޭހަން" ގެ ނަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ޕްރޮގްރާމެއް ފަށައިފި އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އޮޕަރޭޝަންހޭހަން" ގެ ދަށުން ސްޕެޝަލިސްޓް ޑޮކްޓަރު އެޕޮއިންޓްމަންޓާއި މެޑިކަލް އިންވެސްޓިގޭޝަންތަކަށް ގައިދީން ހޮސްޕިޓަލްތަކަށް ގެންދިއުމުގައި ހުރިހާ ސީނިއާ އޮފިސަރުން ވެސް އަމަލީ ގޮތުން ހަރަކާތްތެރިވާނެކަމަށެވެ.

އެގޮތުން މި އޮޕަރޭޝަންގެ ސަބަބުން އޯވަޑިއު ރެފަރަލްތަކުގެ ބެކްލޮގް ސާފުވެ، ގައިދީން މިފަދައިން ޑޮކްޓަރަށް ގެންދިއުމުގައި ނިޒާމީ ބަދަލުތައް ހަރުދަނާވެގެންދާނެކަމަށް ކޮމިޝަނާ ވިދާޅުވިއެވެ. ޖުމްލަ 70 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ،މާލޭގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި މަޝްވަރާ ކޮށްގެން ތިން ހަފްތާގެ މުއްދަތަކަށެވެ.

ކަރެކްޝަންސްގެ އިސްވެރިން ޤައިދީން ޑޮކްޓަރަށް ދެއްކުމުގެ ޙަރަކާތެއް މިއަދު ހިންގިއިރު ފަހަކަށް އައިސް ޤައިދީންނަށް ބޭސްފަރުވާނުލިބުމުގެ ޝަކުވާވަނީ އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.