ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
30 Oct 2022 | 09:39
ފޯޅަވަހީގެ ސިޔާދަތީ ބާރު ލިބެން ޖެހޭނީ ދިވެހިންނަށް: ރައީސް ނަޝީދު

ފޯޅަވަހީގެ ސިޔާދަތީ ބާރުތައް ހައްގުވަނީ ދިވެހިރާއްޖެއަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިހެ ވިދާޅުވެފައިވަނީ "ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް" ނަމުގައި އާންމު ކުރި ލިޔުމެއްގައެވެ.

އެ ލިޔުމުގައި ނަޝީދު ވިދާޅުވީ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ރަށެއްކަން ތާރީހީ އެކި އެކި ލިޔުންތަކުން ފެންނަން އޮތްކަމަށެވެ. އެގޮތުން 1700 ގެ އަހަރުތަކުގައި އެތަނަށް އަޅުން ގެންދެވުނުއިރު، ރާއްޖެއަށް ވެސް އެ ދުވަސްވަރު އަޅުން ގެނެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދުގެ ބަޔާނުގައި ވާގޮތުން ފޯޅަވައްސަށް އަޅުން ގެންދަން ފެށީ 1793 ވަނަ އަހަރުން ފެށިގެންނެވެ. އެދުވަސްވަރު ރާއްޖެއަށްވެސް ވަރަށް ގިނައިން އަޅުން ގެނެސް އުޅުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ފޯޅަވެއްސާއި މާލެއަށް އަޅުން ގެންނަނީ އެއްތަނަކުން ކަމަށްވާއިރު، އެއް އާއިލާއަކުން ގެނެސްފައިހުރުމަކީ ވަރަށް ގާތްކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފޯޅަވަހި ކަމަށް ވިދާޅުވެފައިވަނީ ޗާގޯސްގެ އަތޮޅުތަކުގެ ތެރެއިން ހިމެނޭ ޕެރޮސް ބަނޮސް އަތޮޅަށް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. ފޯޅަވަހީގެ ސިޔާދަތީ ބާރު އިނގިރޭސިން ދޫކޮށްލާއިރު އެރަށުގެ ބާރު އެނބުރޭނީ އެރަށުގެ އަހުލުވެރިންނަށް ކަމަށް ވީނަމަވެސް އެތަނުގައި ބައެއް ނެތް ކަމަށާއި މީހުން ތިބީ ޑިއޭގޯ ގާސިއާ އަތޮޅުގައި ކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެމީހުންގެ އެއްބައި މީހުން ތިބީ މޮރިޝަސްގައި ކަމަށާއި އަނެއްބައި މީހުންތިބީ އިނގިރޭސިވިލާތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫންކަން ފާހަގަކުރައްވައި ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ފޯޅަވަހީގައި ބަޑަހަޖަހައިގެން މަސްވެރިކަމު އުޅުނީ ދިވެހީންކަމަށެވެ.

އެހެންކަމުން އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރައްރަށުން ފައިބާއިރެއްގައި ޑިއޭގޯ ގާސިޔާ އާއި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހީންނަށްކަމަށް ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ރަން ރަން
ތިޔަ އުޅެނީ ފޯޅަވަހި ނުލިބިގެން ނޫން ތިޔަ އިޅެނީ ދިވެހި ރައްޔަތުން ގުބޯހައްދައިގެން ދެވަނަދައުރަކަން އެމްޑީޕީ އަން ވެރިކަން ހޯދަން ލަދުހަޔާކުޑަ
30 Oct 2022
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.